ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ 214 ބާވަތެއްގެ މުދަލުން ޑިއުޓީ ކަނޑާލުމަށް އެދިއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ 214 ބާވަތެއްގެ މުދަލުގެ ޑިއުޓީތައް ކަނޑާލުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރަށް ހުށައަޅައިފިއެވެ.

ރާއްޖެއާއި ތުރުކީގެ ދެމެދު މީގެ ކުރިން ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކުރެވިފައިވާއިރު، ދާދި ފަހުން އިތުރު އެއްބަސްވުންތަކެއް އެކުލަވާލުމަށް އޮންލައިން ބައްދަލުންވުންތަކެއް ބާއްވަފައި ވެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިއްސާ ކުރެއްވިގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަގުސަދަކީ ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ މާކެޓުގައި އިސްކަން ހޯދުމާއި ޑިއުޓީ ކުޑަކުރުމާއި މައުފުވެގެންދިއުން ފަދަ ލުއިތައް ލިއްބައިދިނުންކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ޑިއުޓީ ކަނޑާލުމާއި ގުޅޭގޮތުން ދިވެހިންނަށް އިސްކަން ލިބިގެންދާ ގޮތަށް އެއްބަސްވުން އެކުލަވާލުމަށް ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަދި މި އޮންލައިން ބައްދަލުވުމުގައި ދެގައުމުގެ ކަމާއި ގުޅޭ މިނިސްޓްރީގެ އިސްވެރިން ބައިވެރިވިކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، ބައްދަލުވުމުގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލެވުނީ ތުރުކީއަށް ދިވެހި މުދާ އެތެރެކުރުމާއި އެތަކެތި ވިއްކުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން ކަމަށެވެ. އަދި ރާއްޖެއިން ވަނީ އެތެރެ ކުރުމަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދިނުމަށް އެދިފައިކަމަށާއި އެގޮތުން 214 ބާވަތެއްގެ މުދަލުން ޑިއުޓީ ކަނޑާލުމަށް އެދިފައިވާކަން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: