ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއީޒެޑްގެ ދަށުން ކުރެވިގެންދާނެ މަސައްކަތްތައް ހާމަކޮށްފި!

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން 2024 ވަނަ އަހަރުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންގައި ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ އިގްތިސާދީ މަސައްކަތްތަކުގެ މައުލޫމާތު ދީފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓު އެންޑް ޓްރޭޑް އިން މައުލޫމާތު ދީފައިވާގޮތުން 2024 އަަހަރުގެ ތެރޭގައި އެސްއީޒެޑްގެ ދަށުން ކުރުމަށް ހުއްދަ ދެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެކްސްޕޯޓުކުރުމުގެ މަގުސަދުގައި މުދާ އުފެއްދުން ހިމެނޭކަމަށެވެ. އަދި ޓްރާންސްޝިޕްމެންޓު ބަދަރެއް ގާއިމުކުރުމާއި އެއަރޕޯޓު އަދި ބަނދަރުތަކާއި ބަންކަރިންގެ ހިދުމަތްވެސް ގާއިމުކުރުމަށް ކަނޑައެޅިފައިވާކަން ހާމަކުރިއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން ޔުނިވާސިޓީތަކާއި ޓާޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން ހާއްސަ ހިދުމަތްތައް ދޭ ހޮސްޕިޓަލްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ރީސާޗް ފެސިލީޓީއެއްވެސް ބިނާކުރާނެކަމަށެވެ. އަދި އިންފޯރމޭޝަން ޓެކްނޮލޮޖީ ޕާކުތަކާއި އެފަދަ މަސައްކަތްތަކަށް މަގުފަހިވާނެ ވަސީލަތްތައްވެސް ގާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުއެއްވެސް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި ދިވެހިރާއްޖެއަށް އައު އީޖާދީ ވަސީލަތްތައް ތައާރަފްވެގެންދާނެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާއިރު، ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގެ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ގޭހުގެ ބާވަތްތައް ހުރިތޯ ދެނެގަތުމަށްވެސް މަސައްކަތްތައް ކުރެވިގެންދާނެކަންވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: