ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ހަރުގެ ހުސްކޮށް، ޕާޓީގެ މަސައްކަތްތަކަށް އިތުރު ތަނެއް ހޯދަނީ

ޑިމޮކްރެޓްސް ހަރުގެ ހުސް ކުރުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު، އެމްޑީޕީގެ ހަރުގެ ރޫޅާލައި އެތަނުގައި ހެދި “ހައުސް އޮފް ޑިމޮކްރެޓްސް” ހުސް ކުރަން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ދެމެދު ސިޔާސީ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު އެމްޑީޕީގެ ހަރުގެ ހުސް ކުރަން އެންގި އެވެ. ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދީފައިވަނިކޮށް އޭރު ހަރުގެ ހުސް ކުރަން އެންގީ އެ ބިމުގައި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެ އެވެ. އެކަމަށް ދެކޮޅު ހަދައި އެމްޑީޕީ ކޯޓަށް ދިއުމުން މައްސަލަ ނިމުނީ، އެ ޕާޓީއާ ދެކޮޅަށެވެ.

މި ބިމުގެ ވެރިއަކީ ޑިމޮކްރެޓްސްގެ މެމްބަރު ޝަފިއްޔާ ޒުބެއިރު އެވެ. ހަރުގެއާއި ހަވާލުވުމަށް ދިޔަ ދުވަހު ޝަފިއްޔާ މީޑިއާތަކަށް ބުނީ އެ ބިން އޭނާ ކުއްޔަށް ދިނީ ވިޔަފާރިވެރިއަކަށް ކަމަށެވެ. އަދި އެ ވިޔަފާރިވެރިޔާއަށް އެހެން ބަޔަކަށް ވެސް ތަން ކުއްޔަށް ދެވޭނެކަމަށް ވިދާޅުވި އެވެ. ޑިމޮކްރެޓްސް ބިން ނަގާފައި ވަނީ އެ އުސޫލުގެ ތެރެއިންކަމަށް އޭރު ޝަފިއްޔާ ވިދާޅުވި އެވެ.

ހަރުގެ ބަދަލު ކުރިތާ އަހަރެއް ފަހުން ޑިމޮކްރެޓްސް ތަން ހުސް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

ޑިމޮކްރެޓްސް ހަރުގެ ހުސް ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މިހާތަނަށް ޕާޓީން، އެއްވެސް ތަފްސީލެއް ނުދެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ހަރުގެ ހިންގާނެ ބިމެއް ހޯދުމުގެ މަސައްކަތް ޕާޓީން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: