ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ހަމަތަކުގެ ތެރެއިން ހާމަކުރެވެން ހުރި މައުލޫމާތުތައް ނޫސްވެރިންނަށް ދޭނަން: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދ
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތުތައް ހާމަކުރުމުގެ ސިޔާސަތަށް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި، ގާނޫނީ ހަމަތަކުގެ މަތީން އެ މައުލޫމާތުތައް ދެވެން އޮތް މިންވަރަކަށް ނޫސްވެރިންނާއި އެކަން ހިއްސާ ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު އޭރު އެންމެ ބޮޑަށް މީޑިއާތަކުން މަސައްކަތް ކުރީ، އިންޑިއާއާއި އެކު އެކުލަވާލި ބައެއް އެއްބަސްވުންތަކުގެ މައުލޫމާތު ހޯދުމަށާއި، ބްރިޖު އެއްބަސްވުމުގެ ތަފްސީލު ހޯދުމަށެވެ. އަދި ސިޔާސީ މަގާމުތައް ހިމެނޭހެން ސަރުކާރުގެ ބައެއް އެހެން މަސައްކަތްތަކުގެ މައުލޫމާތު ހޯދަން ވެސް އާރުޓީއައިއަށް ހުށަހަޅާފައި ވެއެވެ. މި މައުލޫމާތުތައް ދޭން އައިކޮމްގެ އޮފީހުން އެންގުމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަމަށް ދެކޮޅު ހަދައި ކޯޓަށް ދިޔަ އެވެ.

އޭރު އެ މައްސަލަ ގޯސްވެ، އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީ ބުނެފައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި އެފަދަކަމެއް ތަކުރާރު ނުވާނެކަމަށާއި ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތުތައް ލިބޭނެ ކަމަށެވެ. އަދި އިންޑިއާ ދެމެދުވި އެއްބަސްވުންތައް ތިލަމާލެ ބްރިޖު އެގްރިމަންޓު ހިމެނޭހެން ހާމަކުރާނެކަމަށް ބުންޏެވެ. ސަރުކާރަށް މިވީ ހަތަރު މަސް ތެރޭގައި އާރުޓީއައިއަށް އެ މައުލޫމާތު ދޭން، އެދި ހުށަހެޅުމުން ބައެއް މައުލޫމާތުތައް ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ ދެވެން ނެތްކަމަށް ވަނީ ބުނެފަ އެވެ.

އާރުޓީއައިއަށް ފަހު ވެސް ނޫސްވެރިން އެދޭ މައުލޫމާތުތައް ހާމަކުރުމަށް ދެކޮޅު ހަދާތީ ކުރި ސުވާލަށް ހީނާ ވިދާޅުވީ ޗައިނާއާއި އެކު ތަރައްގީއައި ގުޅުން ހުރި 20 އެއްބަސްވުމެއް ގާއުމުކޮށްފައިވާއިރު އެކަމުގެ އިދާރީ މަސައްކަތްތައް ދަނީ ކުރިޔަށް ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ ނިޒާމާއި އުސޫލުގެ ތެރެއިން މީޑިއާތަކަށް ދެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެކަމަށް ހީނާ ވިދާޅުވި އެވެ.

މައުލޫމާތުތައް ހާމަކުރާނެކަމަށާއި، މި ސަރުކާރުގައި ތަފްސީލެއް ހޯދުމަށް އާރުޓީއައި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ބުނެފައިވާއިރު އެކަމަށް މިހާރު ބަދަލު އައިތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ހީނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތަކަށް ދީގެން މަސައްކަތް ކުރުން ކަމަށެވެ.

ދެން ސުވާލަކީ މައުލޫމާތުތައް ހާމަކުރުމުގައި އެއްވެސް ބަދަލެއް އައިތޯ.. ނޫން ނާދެ.. އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް މައުލޫމާތުތައް ދީގެން ކުރިޔަށް ދިއުން.. އެއަށް އެއްވެސް ބަދަލެއް ނާދޭ

ހީނާ ވިދާޅުވީ އެއްބަސްވުންތަކަށް ބަލާއިރު، ގާނޫނީ ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތަކެއް ކަނޑައެޅިފައިވާކަމަށެވެ. މިސާލެއްގެ ގޮތުގައި އަސްކަރީ އެއްބަސްވުން ނަންގަވައި ހީނާ ވިދާޅުވީ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް ވެސް އެ ހާމަކުރެވެން އޮތީ ވަކި ހަމަތަކުގެ ތެރެއިން ގާނޫނާއި ގަވައިދުގެ ދަށުން ކަމަށެވެ. އެހެންކަމުން ނޫސްވެރިންނަށް ވެސް މައުލޫމާތުތައް ހާމަކުރެވެން ހުރި މިންވަރަކުން އެކަން ކުރާނެކަމަށް ހީނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: