ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރާނަން: ހީނާ

ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފުންނާ މީގެ ކުރިން ބައްދަލުކުރެއްވިއިރު، އެ މަނިކުފާނުގެ ނައިބު ހުސެއިން އަދި ރައީސް އޮފީހުގެ އިސް ބޭފުޅުންތަކެއް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވަރަށް އަވަހަށް ހާމަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެއީ ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރަށް ފަސް މަސް ވެގެން ދިޔައިރު އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް އިތުރުވަމުން ދާކަމަށެވެ. އެކަމަކު އަދަދުތަކާއި ގުޅޭގޮތުން ދެކެވެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އައު ސްޕޯކްސްޕާސަންއާއި އެކު ގިނަ ދުވަސްތަކެއް ފަހުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިއެއްގެ ސުވާލަށް ހީނާ ވިދާޅުވީ ސިޔާސީ މަގާމުތަކާއި ގުޅޭގޮތުން އެކި ގޮތްގޮތުން ވާހަކަތައް ދެކެވެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސީދާ އަދަދުތައް ހާމަނުކުރެވުނު ނަމަވެސް، އެ މައުލޫމާތުތައް ވަރަށް އަވަހަށް ހިއްސާ ކުރާނެކަމަށް ހީނާ ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ބަޔަކު އެބަ ދައްކާ. ދެން މީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ އެކްޒެކްޓް ފިގާ ތިބޭފުޅުންނާ ހަމައަށް ފޯރުކޮށްދޭނަން

ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ، އެ ޕާޓީއެއްގެ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދިނުމެވެ. އެގޮތުން މިދިޔަ ސަރުކާރެކޭ ވެސް އެއްގޮތަށް، މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތަކުގެ އަދަދު ގިނަކަން ފާހަގަކުރެވި އެކަމަށް އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: