ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް ޔާމީންގެ ވަކީލު، ސިޔާޒް!

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ޝިޔާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި އަބްދުﷲ ސިޔާޒު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓްކަމަށް އައްޔަނުކޮށްފި އެވެ.

މިދިޔަ ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ގއ. ވޮޑަމުލާގެ ދައުވާތަކުގެ ޝަރީއަތުން ފެށިގެން، މިހާރު ވެސް ކުރިޔަށްދާ އަޑުއެހުންތަކުގައި ސިޔާޒް ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވި، މި ސަރުކާރަށް ވެސް ތުހުމަތުތައް ކުރަމުން ދަނިކޮށް އެ ވާހަކަތައް ދޮގުކޮށް ސިޔާޒް ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށް ވިދާޅުވެފަ އެވެ. ޝަރީއަތްތައް ލަސްކޮށް، ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ކުރި މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅީވެސް މިދިޔަ ސަރުކާރުންކަމަށް ސިޔާޒް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީއެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ސިޔާޒް މަގާމަކަށް އައްޔަނު ކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: