ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސްތެރޭ ގޯތިތައް ހަވާލު ކުރުން ލާޒިމްވާ އިސްލާހު މަޖިލީހުން ފާސްކޮށްފި

ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމުން ލާޒިމުވާ ގޮތަށް ބިމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވި 35 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީކާއިލް ހުށަހެޅި އެ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއަށް އަކުރެއް އިތުރު ކުރުމަށާއި، ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދ (ރ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ.

އިތުރު ކުރާ އަކުރުގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެކަމަށެވެ. އަދި އެ މާއްދާގެ (ރ) ގައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށް ފަހު ރެޖިސްޓްރީ ހަވާލުނުކޮށް ވާ ގޯތިތަކުގެ ރެޖިސްޓްރީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާއި އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށެވެ.

ބިލުގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވައި ގެޒެޓުގައ ޝާއިރު ކުރާ ދުވަހުން ފެށިގެން ގާނޫނަށް އަމަލު ކުރަން ފަށަންވާނެ އެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: