ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ޔުނިވާސިޓީ ހެދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުންކަމަށް އިސްލާހެއް

އެމްއެންޔޫން ބޭއްވި ދަސްވެނިވި ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.---ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ޔުނިވާސިޓީތައް އުފެއްދޭނީ، ކޮލެޖެއްގެ ގޮތުގައި ދަރިވަރުންނަށް ކިޔަވަދޭތާ 10 އަހަރުވެފައިވުމުންކަމަށް ގާނޫނުގައި ބުނާ އަހަރު 15 އަހަރަށް ބަދަލުކޮށް ޝަރުތުތައް ތަފްސީލު ކުރުމަށް ފަހު މަތީތައުލީމާއި ބެހޭ  ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަައިފި އެވެ.

މަތީ ތައުލީމުގެ ގާނޫނަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝިފާއު އިސްލާހު ހުށަހަޅުއްވާފައި ވަނީ ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމުގެ ޝަރުތަށެވެ. މަތީތައުލީމާއި ތަމްރީނުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރު ވެފައިވާނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރު ވެފައިވާން ޖެހޭ ކަމަށެވެ. ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވުމެވެ. މިއާއި އެކު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމު ކުރެވިފައި ހުރުން ވެސް ގާނޫނުން ލާޒިމު ކުރެ އެވެ.

ޝިފާއު އިސްލާހު ހުށަހަޅާފައި ވަނީ ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނީ އެ ކޮލެޖެއް ހިންގަމުން އަންނަތާ، 15 އަހަރުވެފައިވުމުން ކަމަށެވެ.

އިތުރު ޝަރުތުތަކެއްގެ ގޮތުގައި ޝިފާއު ހުށަހަޅާފައި ވަނީ އެ ތަނެއްގައި އާޓް އެންޑް ހިއުމަނިޓީޒް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗްރަލް ސައިންސަސް އަދި ސޯޝަލް ސައިންސަސް ފަދަ ދާއިރާތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 އަދި ލެވެލް 9 ގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގުން ހިމެނުމަށެވެ.

މީގެއިތުރުން އެ ކޮލެޖެއްގައި މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުން ދާ މަދުވެގެން 1000 ދަރިވަރުން ތިބުން ލާޒިމް ކުރުމަށް ޝިފާއު ހުށަހެޅި އެވެ.

އެންމެ ފުރަތަމަ ގާނޫނުގައި އޮތް ގޮތް އިސްލާހު ކުރުމަށް 2019 މަޖިލީހަށް ހުށަހެޅީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގެވެ.

މީގެކުރިން ގާނޫނުގައި އޮތީ ޔުނިވާސިޓީއެއް އުފެއްދުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ، އެ ގާނޫނުގެ ދަށުން ހަދާ ގަވައިދު ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި  އެކްރިޑިޓޭޝަން ރިޕޯޓު ތައްޔާރު ކުރުމަށްޓަކައި މިނިސްޓްރީން ފަންނީ ރިޕޯޓެއް ހެދުމަށެވެ. އެ ތަފްސީލުތައް ގާނޫނުގައި ނެތް އިރު، ޝިފާއު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޝަރުތުތައް ތަފްސީލުކޮށްފަ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: