ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކާއި ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ދަނީ ތަހުގީގު ކުރަމުން: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާއާއި، ފޯނުން ފޮނުވާ މެސެޖުތައް މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭ ގޮތަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގަައި ވަނީ ޓީވީ ސްޓޭޝަންތަކަށާއި، ވަކި ނޫސްވެރިންނަށް އަމާޒުކޮށް އިންޒާރު ދެމުން ގެންދާ މައްސަލަ ކުށްވެރިކޮށްފަ އެވެ.

ބަޔާނުގައި ވަނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން މީޑިއާތަކަށް ދޭ ކަމަށެވެ.

ފޮރުވިގެން ތިބެ ނޫސްވެރީންނަށާއި މީޑިއާތަކަށް އިންޒާރު ދެމުން ދާތީ އެކަމުގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާކަމަށް ސަރުކާރުން ބުންޏެވެ. އަދި އެކަން ކުރި، ނުވަތަ ކުރާ ބަޔަކު ތަހުގީގަށް ބޭނުން ކުރެވޭނެ ހުރިހާ ވަސީލަތަކާއި ގާބިލުކަމެއް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެކަން ފާހަގަކުރި އެވެ.

ސަރުކާރުން ބުނީ މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް ހިންގަމުން ދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިފައި ވާނަމަ އެކަން ރިޕޯޓު ކުރަން އެދޭ ކަމަށެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ފިރުރުސަތު ދިނުމުގެ ސިޔާސަތު ދަމަހައްޓާނެކަމަށް މި ބަޔާނުގައި ވެެއެވެ. އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެ ގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: