ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާކީ ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ރާއްޖެއިން ފައިބާނެ: ސަރުކާރު

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އެންމެ ފަހު ބެޗު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިބާނެކަމަށް ދެ ގައުމުގެ މަޝްވަރާތަކުގައި ޔަގީންކަން ދީފި އެވެ.

އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންތައް ފޮނުވާލުމުގެ މަސައްކަތް ކުރާއިރު، މިހާތަނަށް ފުރައިގެން ދިޔަ އޮފިސަރުންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު އަންނަ ހުކުރު ދުވަހު ފައިބާނެ ސިފައިންނަކީ، އެންމެ ފަހު ޕްލެޓޫންގައި ތިބި ބޭރުގެ އޮފިސަރުންނެވެ.

ދެ ގައުމުގެ ދެމެދު މިކަމުގެ މަޝްވަރާއަށް އެކުލަވާލި ކޯ ގުރޫޕްގެ ބައްދަލުވުމަށް ފަހު ދެ ގައުމުން ވެސް އާންމު ކުރި ބަޔާނުގައި ވަނީ މައިގަނޑު ގޮތެއްގައި ދެ ފަރާތުގެ ގުޅުމަށް ވެސް ވާހަކަ ދެކެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ތަރައްގީއާއި، ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެވުނުކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ރާއްޖޭގައި ތިބި ސިފައިންގެ ތެރެއިން އެންމެ ފަހު ބެޗު އަންނަ ހުކުރު ދުވަހު ފޮނުވާލާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވި ރިޔާސީ ވައުދަށް ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ރައްދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގިނަ މަޝްވަރާކޮށްގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހާވާލުވެ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.

މިއަދާއި ހަމައަށް ކުރެވުނު މަސައްކަތްތަކާއި، ހޯދުނު ކުރިއެރުންތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށާއި އެކަން ރައްޔިތުން ގަބޫލު ވެސް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ. އިންޑިއާގެ ސިފައިން ފޮނުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެކެވެ.

އެ މީހުން ރިޕޯޓު ކުރާނީ ކޮން ބަޔަަކަށް ތޯ އާއި، މަސައްކަތް ކުރާނީ ކޮން ގައުމެއްގެ އޯޑަރަށްތޯ ނޫސްވެރިން ކުރާ ސުވާލަށް އަދި ސާފު ޖަވާބެއް ނުލިބެ އެވެ. އެކަމަކު، ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުލަ ހެދުމުގައި ވިޔަސް ނުވަތަ، އެހެން ގޮތަކަށް ނަމަވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: