ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްއާއި، އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ފަށަނީ!

މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލަކީ އެއް ގާނޫނަކުން ފުރިހަމަވެފައިވާ މުވައްސަސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ އޮފް ޔޫތް އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓަސް އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމްއާއި އެމްއެމްސީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި ގުޅޭގޮތުން ރައީސް އޮފީހުން މިދިޔަ  ނޮވެމްބަރު މަހުގެ ތެރޭގައި ދެ އިދާރާގެ މެމްބަރުންނާއި ބައްދަލު ކުރި އެވެ.

އެކަމަކު އޭގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއް ކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅާނެކަމަށް 2021 ވަނަ އަހަރު ހާމަކުރި އެވެ. އެއީ ދެ ތަން އެއްކުރުމަށް ހުށަހަޅާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ ބިލެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދުވަހު ނެރުއްވި ހިތާބުގައި އަސްވާޑު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅުން އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރެއްވި އެވެ.

ބްރޯޑްކޮމްއާއި، އެމްއެމްސީ އެއްކުރުމުގެ ވާހަކަތައް ދެކެވޭތާ ގިނަ ދުވަސްވެފައިވާއިރު އެކަމުގެ މައުލޫމާތު ދެއްވައި އަސްވާޑު ވިދާޅުވީ މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ގާނޫނީ އިމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ދަނީ ކުރިޔަށް ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތަންފީޒުކޮށް، ބްރޯޑްކޮމްއާއި އެމްއެމްސީއަކީ އެއް ގާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުވައްސަސާއަކަށް ހެދުމަށް މިހާރު މަސައްކަތްތައް ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެ މިނިވަންކަން ޔަގީންކޮށްދީ، ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައި ވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް  މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ، އަމަލީ މަސައްކަތާއިހަމައަށް ދިޔުމުގެ މަގުމަތީގަ އެވެ. އަދި މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާކައުންސިލަކީ އެއް ޤާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާ އަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ.

އަސްވާޑު ވަނީ ނޫސްވެރިކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން މަގުފަހި ކުރމަށް ކުރަން ޖެހޭ މަސައްކަތް ވެސް ފެށިފައިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ނޫސްވެރިކަމުގެ ދާއިރާއިން، މަތީތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް އަސްވާޑު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: