ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބުދާރީ ކުރުވަން ޖެހޭ ވަރަށްވުރެ، މި ސަރުކާރުން ނެރޭ ނަތީޖާ ރަނގަޅު ވާނެ: ޒަމީރު

މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ޒަމީރު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ޖަވާބުދާރީ ކުރުވުމަށް ވުރެ މަސައްކަތުން ނަތީޖާ ދައްކާނެ ވެރިކަމެއްކަމަށާއި، އެފަދަ ހާލަތަކަށް ނުދާނެކަމަށް މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

އައު ދައުރަކަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިސް މެމްބަރުން މި މަހުގެ ފަހުކޮޅު ހުވާ ކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ސުޕަ މެޖޯރިޓީއާއި އެކު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާ ކުރެވޭނެ ތޯ އެވެ. 93 ދާއިރާއެއްގެ ތެރެއިން ސަރުކާރަށް ލިބުނު ގޮނޑީގެ އަދަދު މިހާރު 76 އަށް އަރަ އެވެ. އަދި އަމިއްލަ ގޮތުން ހޮވި، ޕީއެންސީއަށް ސޮއި ނުކުރާ މިހާރު ތިއްބެވީ ބާކީ 4 މެމްބަރުން ނަމަވެސް އޭގެ ތެރޭގައި ޕާޓީގެ ދަފްތަރުގައި ނަން އޮތް ބޭފުޅުން އެބަތިއްބެވެ.

އިންތިހާބުގެ ކާމިޔާބީއަށް ފަހު މުލިއާގޭގައި އިންތިހާބީ މެމްބަރުންނާއި އެކު އޮތް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރާއި އެކު 81 މެމްބަރުން ތިބޭނެ ކަމަށެވެ. އެއީ އެމްޑީޕީގެ 12 މެމްބަރުން ނުހިމަނައި، މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޒަމީރު ވިދާޅުވީ އިންތިހާބުގެ ޖެހިގެން އައި ދުވަހު ރައީސް މުއިއްޒު މެމްބަރުންނާއި ބައްދަލުކޮށް މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވާ ގޮތުގެ އިރުޝާދާއި ހިޔާލު ދެއްވި ކަމަށެވެ. ޒަމީރު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ، އިންތިހާބީ މެމްބަރުން ހުވާކޮށް ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މަސައްކަތް ފަށައިގަންނަ އިރު ވެސް ހުރިހާކަމެއް ހަމަޖެހިފައި ހުރުން ކަމަށެވެ.

އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ލިބުނު ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށާއި، އެ މެމްބަރުން މަސައްކަތް ކުރާނީ ރަނގަޅު ހިދުމަތެއް ދިނުމަށްކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދިންކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، އެ އަޣަލުބިއްޔަތަކީ ވަކި ބާރެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ދެކުނު ކަމަށެވެ.

އެއީ ރައްޔިތުންގެ މަޖިލިސް ފަށައިގެން މާގިނަ ދުވަހެއް ނުވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ… މިހާރު ތިމަންނާއަށް ސުޕަ މެޖޯރިޓީ ލިބިއްޖެއޭ.. އެހެންވީމަ، އެއީ ކިހިނެއްވީކަމެއްކަމަށް އެބަ ސުވާލު އުފެދޭ.. ރައްޔިތުންނަށް އޭގެ ޖަވާބެއް ނުލިބޭ..

ޒަމީރު ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ، ކެމްޕެއިންގެ އެކި ޖަލްސާތަކުގައި އާއި ރަސްމީ ބައްދަލުވުންތަކުގައ ވެސް ސަރުކާރު ހިންގެވުމާއި ގުޅޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ބެލުމަށް ފަހު ކަމަށެވެ. އެއާއި އެއްގޮތަށް މަޖިލީހުގެ މަސައްކަތް ފެށުމާއި އެކު މެމްބަރުން މަސައްކަތް ކުރާނީ ޒަމީރު ވިދާޅުވިގޮތުގައި ރައީސްގެ ވައުދުތައް ފުއްދުމުގައި އެމަނިކުފާނަށް އެހީތެރިވެދީ ސިޔާސަތުތައް ތަންފީޒު ކުރުމަށެވެ.

ރައްޔިތުން ބޭނުންވާ ގޮތަކީ އެއީކަމަށާއި، ސަރުކާރުގެ ފަރާތުން ރައްޔިތުން ބޭނުން ވަނީ ރަނގަޅު ހިދުމަތަކާއި ހެޔޮ ވެރިކަމެއްކޮށް ތަރައްގީ ގެނެސްދިނުންކަމަށް ޒަމީރު ވިދާޅުވި އެވެ.

ސަރުކާރަށް މިހާބޮޑު މެޖޯރިޓީއެއް ލިބުމުން، ޖަވާބުދާރީ ކުރުވޭނެތޯ ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ ހެޔޮ ނިޔަތެއްގައި ކުރާ މަސައްކަތުގައި ޖަވާބުދާރީ ކުރުވުމުގެ މަގު ވެސް އޮންނާނެ ކަމަށެވެ. އަދި ސަރުކާރުން އެކަމަށް އަޅާނެ ހުރަހެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިއީ ޖަވާބުދާރީ ކުރުވުމަށް ވުރެ މަސައްކަތް ރަނގަޅު ވެރިކަމެއްކަމަށާއި، އެ ހާލަތަކަށް ދިއުމުގެ ކުރިން ރައްޔިތުންނަށް އެބޭފުޅުން ޖަވާބުދާރީވާނެ ކަމަށެވެ. އަދި ރައްޔިތުން ސާފު ކުރަން ބޭނުންވާ ކޮންމެކަމަކާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވޭނެކަމަށް ޒަމީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: