ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ހިންގަމުން ދާ އިންޖީނުގެތަކުގެ ތެރެއިން، ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ސްޓޭޝަންތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީގައި ހުރި އިންޖީނުގެތައް ބަދަލު ކުރުމަށް ކުރަމުން ދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި ފަހުމީ ވިދާޅުވީ އޭނާ މަގާމާއި ހަވާލުވުމަށް ފަހު ތިން ތަނެއް ބަދަލު ކުރެވިފައިވާކަމަށެވެ. ސްޓެލްކޯއިން ހިންގަމުން ދާ ބައެއް އިންޖީނުގެތައް ރައްޔިތުން އުޅޭ ސަރަހައްދާއި ކައިރީގައި ހުރުމުގެ ސަބަބުން ގިނަ ދަތިތައް ދިމާވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބައެއް އިންޖީނުގެތަކުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރުމާއި، އަޑުގަދަވުމުގެ ޝަކުވާތައް ލިބޭކަމަށް ފަހުމީ ވިދާޅުވި އެވެ. ސްޓެލްކޯއިން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރިނަމަވެސް، މިހާތަނަށް ބައެއް އިންޖީނުގެތައް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ބިން ނެތުމުންކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ބައެއް ރަށްތަކުގައި ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް ނިމުމާއި އެކު، ސްޓެލްކޯއަށް އެ ބިންތައް ހަމަޖެހިގެންދާނެކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައުލޫމާތުތައް ކައުންސިލްތަކާއި ވެސް ހިއްސާކޮށްފައިވާނެކަމަށާއި، އަހަރު ނިމުމުގެ ކުރިޔަށް އެ މަސައްކަތްތައް ނިންމާލުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ކަމަށެވެ.

ދެން ސްސްޓެލްކޯއިން މިހާރު މިހިންގާ 30، 33 ޕަވާ ހައުސްގެ ތެރެއިން… އެބަހުރި ބައެއް ރަށްތަކުގައި ރައްޔިތުންނާއި ވަރަށް ކައިރިން.. ނުވަތަ އުނދަގޫވާ ހިސާބުގައި.. ނުވަތަ އަޑު ނުވަތަ ދުމުގެ އަސަރު ކުރާ ހިސާބުގައި ބައެއް ޕަވާ ހައުސްތައް އެބަހުރި.. ދެން ގިނަ ރަށްތަކުގައި މިހުރީ ބިން ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް ޕަވާ ހައުސްތައް ބަދަލު ނުކުރެވި…

ސްޓެލްކޯގެ އިތުރަށް ރަށްތަކުގެ ކަރަންޓުގެ ހިދުމަތް ބަލަހައްޓާ ފެނަކައިން ވެސް ދަނީ އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ ސޯލާ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިގެން ކުރިޔަށް ގެންދާއިރު ފަސް ރަށަކަށް ލިބުނު ބިޑުތައް ބޮޑުވުމުން އަލުން އެ ފުރުސަތަށް ވެސް ހުޅުވާލިކަމަށެވެ. އަދި ވިދާޅުވީ ފަހުން ލިބުނު ޕްރޮޕޯސަލްތަކާއި އެކު މި މަސް ތެރޭގައި ނުވަތަ އަންނަ މަހު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ސޯލާ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން އެންވައިރޮމެންޓް މިިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ ދުނިޔެއަށް އަންނަ ތަރައްގީ އާއި، ކުރިއެރުމާއި އެއްވަރަށް ރާއްޖެއިން ވެސް އެ ބަދަލު ފެންނަން ޖެހޭ ކަމަށެވެ. ދުވަހުން ދުވަހަށް ބޭނުން ކުރާ ހަކަތައިގެ މިންވަރު އިތުރުވާއިރު، ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ މިއީ ހަކަތަ އުފައްދާ ގައުމަކަށް ރާއްޖެ ނުވާތީވެ ބޭރުން އިމްޕޯޓު ކުރަން ޖެހުމެވެ.

ތޯރިގު ވިދާޅުވީ ރާއްޖެއިން ހަކަތައަށް ކުރަން ޖެހޭ އަދަދު 800 މިލިއަން ޑޮލަރަށް އަރާކަމަށާއި، އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށެވެ. އެހެންކަމުން ކުރިއަރަމުން ދާ ގައުމެއްގެ ހައިސިއްޔަތުން، ހަކަތައަށް ކުރާ ހޭދަ ކުރަކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: