ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ތަފާތު ދައްކަވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން ކުރި އިތުބާރު ދަމަހައްޓައި، ރައްޔިތުންނާއި ހަމައަށް ގެނެސްދޭނީ ހެޔޮވެރިކަމެއްކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ވެސް ކާމިޔާބު ކުރައްވާފައިވާ އަބްދުއްރަހީމަކީ މިވަގުތު ރައީސް މުއިއްޒުގެ އެންމެ ބޮޑު އިތުބާރެއް އޮތް، އެމަނިކުފާނުގެ އެންމެ އަރިސް މެމްބަރެވެ. ސަރުކާރުގެ ދިފާއުގައި ނިކުންނަވައި، އަބްދުއްރަހީމް ގެންދަވަނީ ރައީސް މުއިއްޒަށް އިދިކޮޅުގެ މެމްބަރުން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް އިސް ކުރައްވާނީ ދިވެހި ގައުމާއި ރައްޔިތުން ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ އަޑުއަހައި، ހުރި ކަންބޮޑުވުންތައް ހައްލު ކުރުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާނެ ވެރިކަންކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ރައްޔިތުންގެ ބޮޑު އިތުބާރެއް ސަރުކާރަށް އެބައޮތް ކަމަށެވެ. އެހެންކަމުން އެ އިތުބާރު ދަމަހައްޓައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ސަރުކާރުން ދޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ތަފާތު ދައްކަވާނީ، ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ކަމަށެވެ. އަދި ގައުމުގެ މުއްސަނދިކަމަކީ ރައްޔިތުންގެ ހައްގެއްކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 160 ރަށެއްގެ ކައުންސިލާއި ބައްދަލުކުރެއްވިކަމަށް ބުނާ ވާހަކައާއިމެދު މީހަކު ދާދި ފަހުން ސުވާލުކުރިކަމަށެވެ. އެގޮތުން އެއް މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް ކައުންސިލުތަކާއި ބައްދަލުކުރެވިދާނެކަމަށް ހިއްސާކުރިކަމަށާއި ރައްދެއްގެ ގޮތުގައި އެއީ އެ މީހާއަށް ފެންނަ ގޮތްކަމަށް ވިދާޅުވިކމަށްވެސް އަބްދުއްރަހީމް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެއީ ސުވާލުކުރި މީހުންގެ ވިސްނުން ދަތުރުކުރާ ގޮތްކަމަށްވެސް ދެންނެވިކަމަށާއި ޕީޕީއެމް ޕީއެންސީއިން “މުއިއްޒު ދުވެލީގައި” ދަތުރުކުރަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއް މަސް ދުވަހުގެ ތެރޭގައި 160 ކައުންސިލާއި ބައްދަލުކުރެވުނީ އެ ދުވެލީގައި ކަންކަން ކުރިއަށް ގެންގޮސްގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: