ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީ ކައުންސިލް ރައީސް ގޮނޑި ޑިމޮކްރެޓްސްއަށް؛ ބައި- އިލެކްޝަނުން ހަތަރު ގޮނޑި ޕީއެންސީއަށް!

މީހެއްގެ އިނގިލީގައި ވޯޓްލީ ކަމުގެ ފާހަގަ ޖަހަނީ/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި އިލެކްޝަނުގެ ގިނަ ގޮނޑިތައް ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިހާބާއި، ހއ. އުތީމާއ، ނ. ވެލިދޫގެ އިތުރުން ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ ބައި އިލެކްޝަނެވެ.

ކޮމިޝަނުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ޕީއެންސީއަށް ހަތަރު ގޮނޑި ކާމިޔާބު ކުރެވުނެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއް ގޮނޑި އަދި، ޑިމޮކްރެޓްސް ވަނީ ފުރަތަމަ ފަހަރަށް އިންތިހާބީ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގައި ޑިމޮކްރެޓްސް މުހައްމަދު އާޒިމް އަލީ ކާމިޔާބު ކުރީ ޕާޓީގެ ޓިކެޓުގައި މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމެވެ. އަދި އުތީމު ކައުންސިލްގެ މެމްބަރުކަން ޕީއެންސީގެ އިބްރާހިމް ސުނާނަށް ލިބުނު އިރު، ލަންދޫގެ ގޮނޑި ލިބުނީ އެމްޑީޕީގެ މެމްބަރު އަބްދުﷲ އާރިފަށެވެ. އަދި ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ރައްޒާގު އެވެ.

ކައުންސިލްގައި އަންހެނުނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން، ތަކަންދޫގެ ކައުންސިލަށް އިންތިހާބުވެފައި ވަނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ މެމްބަރު އައިޝަތު ސަމާހާ އެވެ.

މިފަހުން ބޭއްވި ކައުންސިލްތަކުގެ ބައި އިލެކްޝަނުގެ ގިނަ ގޮނޑިތައް ލިބިފައި ވަނީ ޕީއެންސީއަށެވެ. އަދި މި މަހުގެ 28 ގައި އައު ދައުރަކަށް ހުވާ ކުރުމަށް ތައްޔާރުވެފައިވާ 20 ވަނަ މަޖިލީހުން ވެސް ސަރުކާރަށް ވަނީ 93 ގޮނޑީގެ ތެރެއިން 76 ގޮނޑިއާއި އެކު ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: