ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވެލޮޕްމެންޓު ބެންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިވެލޮޕްމެންޓު ބެންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒު ޑިވެލޮޕްމެންޓު ބެންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި އުފައްދަވާފައިވާ ކުންފުންޏަކީ ސަތޭކަ އިންސައްތައް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި މި ކުންފުނި އުފައްދާފައިވަނީޯ ދިވެހިރާއްޖޭގެ ކުންފުނީގެ ގާނޫނުން ރައީސްއަށް ލިބިދީފައިވާ ބާރުތަކުގެ ދަށުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ބަޔާނުގައިވާގޮތުން މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދެމެހެއްޓިނިވި އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ކުރިމަތިވެގެންދާ މާލީ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ބެންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: