ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޗުގީޒުގައި ހުރި ދިވެހި ތާރީހީ މައުލޫމާތު ހޯދުމަށް އެގައުމުގެ ތަޖުރިބާކާރަކާއިއެކު އާދަމް ނަސީރު މަޝްވަރާކުރައްވައިފި

ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީހާއި ތަރިކައާ ބެހޭ މައުލޫމާތު ހޯދުމަށް އެގައުމުގެ ތަރީހާއި ސަގާފަތް ދިރާސާ ކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބަރޓް ޑީ ޖިއާކޯމޯ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި, ޕޯޗުގީޒުގައި ހުރި ދިވެހީންގެ ތާރީހާއި ދިވެހީންގެ ދިރިއުޅުމާ ގުޅިފައި ހުރި ތަރިކަތަކުގެ މައުލޫމާތު ހޯދުން ހިމެނެއެވެ. އެގޮތުން ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި, ޕޯޗުގީޒުން ލިޔެފައިވާ ދިވެހީންނާ ބެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ހޯދުންވެސް ހިމެނެއެވެ.

ރޮބަރޓް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ފަހުގެ ގިނަ މަސައްކަތްތައް ހާއްސަވެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތާރީހާއި ސަގާފަތާއި ތަރިކަތައް ދިރާސާކޮށް, އެ ގައުމުތަކުގެ ތާރީހީ ސަގާފަތަށް ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދައިދިނުމުގެ ދާއިރާއިން ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ދުވަސްވީ ވަޒަންވެރިކަމަކާއި ސަގާފަތެއް އޮތް ގައުމެއްގެ ތަރިކަ މުއްސަނދި ކުރުމަށް ޝައުގު ހުރި މިންވަރު އޭނާ ހާމަކުރެއްވިއެވެ.

ޕޯޗުގީޒުންނާއި ދިވެހިންނާ ގުޅުން ހުރި ޙާދިސާތައް ހިމެނޭ ފޮތްތައް ޕޯޗުގީޒް އަރުޝީފުތަކުގައި ހުރި ކަމާއި, ދިވެހިން ބޭނުންކޮށް އުޅުނު ގަހަނާ އެގައުމުގެ ދާރުލްއާސާރުގައި މިހާރުވެސް ފެންނަން ހުރިކަން ރޮބާރޓް ވަނީ ފާހަގަކުރައްވާފައެވެ. ތަރިކަ ރައްކާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހުރި ގޮންޖެހުންތަކާއި, އެކަންކަމުން އަރައިގަނެ ބަވަނަވަމުންދާ ދުނިޔެއެއްގައި އަމިއްލަވަންތަކަމާއި ގައުމިއްޔަތު ހިމާޔަތްކުރުމުގެ މުހިންމުކަމަށް ވެސް އޭނާ ވަނީ އިލްމީ ތަޖުރިބާ އިން ވާހަކަދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ވަޒީރު އާދަމް ނަސީރު އަރިހުގައި ރޮބާރޓް ވަނީ ކަޅުއޮށްފުންމިގެ ނަކަލްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން އެ އޮޑި ބައްލަވާލައްވާފައެވެ.

މީލާދީން 1558 އިން 1573 އަށް ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައެވެ. މި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ( ބޮޑުތަކުރުފާނު ), އެރަދުންގެ އަޚުންނާއި ބައެއް އެކުވެރީން އިސްވެއެވެ. ކޮންމެ ހިޖްރީ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 01 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައު ކުރުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: