ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ފުލުހަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުލަ ހެދުމުގައި ތިބި ދެ ފުލުހުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުން މާރާމާރީ ހިންގައިފައިވަނީ ރޭ 22:00 ހާއިރުއެވެ. މި މައްސަލައިގައި ދިވެހި ތިން 3 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް އެ މުވައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ.

އެމީހުން ހައްޔަރު ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ޝަކުވާތަކެއް ސޯޝަލް މީޑިއާ އަދި ފުލުހުންނަށް ސީދާކޮށް ވެސް ލިބެމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ، އެ މީހުން ހައްޔަރު ކުރި އިރު ބާރުގެ ބޭނުން ކުރި ގޮތް އާންމު އުސޫލުން ވަޒަންކޮށް ބެލޭނެ ކަމަށެވެ. އަދި މާލެ ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރަމުންދާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: