ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ލޯންޗަކުން ގެއްލުނު އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރީގައި ފުލުހުންގެ ލޯންޗެއްގައި ޑިއުޓީ ކުރަމުން ދަނިކޮށް ގެއްލުނު ފުލުހަކު، މަރުވެފައި އޮއްވާ ކަނޑު އަޑިން ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އޭނާ ގެއްލުނީ ”ޕޮލިސް ލޯންޗް 57“ ގައި ޑިއުޓީ ކުރަމުން ދަނިކޮށެވެ.

އާސިފް ގެއްލިގެން ރިޕޯޓްކުރުމާއެކު ފުލުހުން ވަނީ ވަގުތުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އޭނާ ފެނިފައިވަނީ ކަނޑު އަޑީގައި އޮއްވައެވެ.

އެ ފުލުސް މީހާ ވަގުތުން އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންދެވުނު ނަމަވެސް، މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ، ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އާސިފް ހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިން އާންމު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: