ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން މަގާމުން ވަކިކޮށް ނުވަތަ ބަދަލުކޮށްފައިވަނީ ސަރުކާރު އިތުރަށް ހަރުދަނާކުރުމަށް: ހީނާ

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް ނުވަތަ ބަދަލުކޮށްފައިވަނީ ސަރުކާރު އިތުރަށް ހަރުދަނާކުރުމަށް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސްއަށް ސަރުކާރު ހިންގުމުގައި ފަސޭހަވާގޮތަށް ހިންގުމަށް ބާރުތަކެއް ލިބިގެންވާކަމަށެވެ. އޭގެތެރޭގައި ކުންފުނިތަކަށް ބޭފުޅުން އައްޔަނު ކުރުމާއި، އަދި މަގާމުގައި ހުންނަ ބޭފުޅުން ބަދަލު ކުރުމުގެ ކަންކަންވެސް ކުރެއްވުމަށާއި، ވުޒާރާތަކަށް ބޭފުޅުން އައްޔަނު ކުރުމުގެ ބާރު ވެސް ލިބިދޭ ކަމަށް ހީނާ ވިދާޅުވިއެވެ.

“ސަރުކާރު ހިންގުމުގައި ރައީސް ބޭނުންފުޅުވާކަންކަން ފަސޭހަ ކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަބަދުވެސް ކުރައްވާ”

ސަރުކާރުގެ ދެ ކުންފުންޔެއްގެ މަގާމުގައި ހުރި އެމްޑީ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެތެރޭގައި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު އާއި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގް ހިމެނެއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ފާތިމަތު ތައުފީގް އެއެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ވަކިކޮށްފައިވާއިރު އެ ކޯޕްރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހް ވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގް ވަކިކުރިއިރު އެމްއެމްޕީއާރުސީއާއި ގުޅޭ ގޮތުން ތަފާތުއެކިއެކި ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި ހިންގުމުގައި ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ޕީސީބީ އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ސަމާހު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން  ވަކިކޮށްފައިވާ ކަމަށެވެ. ޕީސީބީއިން ސަމާހު ވަކިކުރި ސަބަބެއް ހާއްމަކޮށްފައިއެއް ނުވެއެވެ.

މީގެ ކުރިން ސަމާހުއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ވަނީ ހުށައަޅާފައެވެ. އޭރުކުރި ތުހުމަތުތަކުގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުމާއި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ހިމެނެއެވެ. އެހެންނަމަވެސް މީހާރު ސަމާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަނު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: