ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ސިޑްސް4 ގެ ރިޔާސަތު ބަލަހައްޓަވައިދެއްވައިފި

ބައްދަލުވުމުގެ ތެރެެއިން ރައީސް މުއިއްޒު ރިޔާސަތުގައި އިންނެވި މަންޒަރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގެ ރިޔާސަތު ބަލަހައްޓަވައިދެއްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ އެންޓީގާ އެންޑް ބާބިއުޑާގައި ކުރިއަށް ގެންދާ ސިޑްސް ކޮންފަރެންސްގެ ބައްދަލުވުމެއްގައި ރިޔާސަތު ބަލަހައްޓަވާފައެވެ. އަދި އެމަނިކުފާނު އެ މަސައްކަތްތައް ކުރެއްވީ ކޮންފަރެންސްގެ އެއް ނައިބުރައީސްގެ ހައިސިއްޔތަތުންކަމަށް ހިއްސާކޮށްފައިވާއިރު، ކުރިއަށް ގެންދިޔައީ ޕްލެނަރީ ސެޝަންއެއްކަމަށްވެސް ބުނެފައިވެއެވެ.

ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ” ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި ކުދި ގައުމުތަކާއި ގުޅުން ހުރި ބިނާކުރަނިވި ހައްލުތަކާއިމެދުވެސް މަޝްވަރާތައްކުރިވެފައިވާކަމަށްވެސް ބުނެފައިވާއިރު، ރައީސް މުއިއްޒުވަނީ މި މަސައްކަތްތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައިކަމަށްވެސް ބުނެފައިވެއެވެ. އަދި ރައީސް މުއިއްޒުވަނީ ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ރައީސް ޑރ މުއިއްޒު ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ގައުމުތަކުގެ އިއްޒަތްތެރިންނާއި ބައްދަލުކުރައްވަމުންކަމަށްވެސް ހާމަކޮށްފައިވާއިރު ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާ މަޝްވަރާތައް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: