ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ އިން ދެމުންދާ އެހީތެރިކަން އިތުރުކުރުމާއިމެދު މަޝްވަރާކޮށްފި

ރައީސް އޮންޓޯނިއޯ ގުޓޭރެޒް އާއިއެކު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ އިން ރާއްޖެއަށް ވެެދެމުންދާ އެހީތެރިކަން އިތުރުކުރުމާއިމެދު ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އެ ޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒް މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް މުއިއްޒު އަދި ގުޓޭރެޒް ބައްދަލުކުރެއްވީ 4 ވަނަ ސިޑްސް ބައްދަލުވުމުގެ ހަވާސާގައިކަމަށްެވެ. އަދި ރައީސް މުއިއްޒުވަނީ އދ އާއި ރާއްޖެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަރުކާރުން އެ އަމާޒަށް މަސައްކަތްކުރާނެކަމަށްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ރައީސް މުއިއްޒުވަނީ އދ އިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީ އާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އޮތް ގާތްކަމާއި އިތުބާރު ދެމެހެއްޓިފައި އޮތުމުގައިވެސް އދއިން މުހިންމު ދައުރެއް އަދާކުރާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

ރައީސް އޮފީހުން ހާމަކުރިގޮތުން ގުޓޭރެޒްވަނީ ސިޑްސް ކޮންފަރެންސް އަދި އެހެނިހެން އެފަދަ މަސައްކަތްތަކުގެ މުހިންމުކަން ފާހގަކުރައްވާފައެވެ. އަދި އެ ހަރަކާތް މެދުވެރިކޮށް ނެރެވިދާނެ ނަތީޖާތަކާއި ހާސިލުކުރެވިދާނެ އުންމީދުތަކާއި ގުޅޭގޮތުންވެސް އޭނާ ވާހަކަދެއްކެވިއިރު، ބައްދަލުވުން ނިންމަވާލެއްވީ އދ ގެ ދައުރު ރާއްޖޭގައި އިތުރު ކޮށް ރާއްޖެއަށް އެ ޖަމާއަތުގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އިތުރުކޮށް ގުޅުން ބަދަހިކުރުމުގެ އުންމީދު އައުކުރައްވަމުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: