ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލާއި ދެކޮޅަށް ކުރެވޭނޭ ކަންކަން ހަގީގަތަކަށް ހެެދުމަށް މަސައްކަތްކުރުމަށް ސިޑްސްއާއި ބައިނަލްއަގުވާމީ ދުނިޔެއަށް ރައީސް ގޮވާލައްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޑްސް4 ބައްދަލުވުމުގެ އަމާޒުތަކުގެ ތެރެއިން މޫސުމީ ބަދަލާއި ދެކޮޅަށް ކުރިއެރުންތައް ލިބިގެންދާނެ ފަދަ ކަންކަން ހަގީގަތަކަށް ހެދުމަށް ސިޑްސް އާއި ސަރަހައްދީ ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެއިންވެސް ގުޅިގެން މަސައްކަތްތައް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެންޓީގާ އެންޑް ބާބިއުޑާގައި ކުރިއަށް ގެންދާ ސިޑްސް4 ބައްދަލުވުމުގައި ރައީސްވަނީ ސިޑްސް އަދި ބައިނަލްއަގުވާމީ ދުނިޔެ ގުޅިގެން މުސޫމީ ބަދަލުތަކާއި ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ، ބިމުގެ ބޮޑުމިނުން ބަލާއިރު ނިސްބަތުން ކުދި ގައުމުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް ސިޑްސްގައި ހިމެނޭ ގައުމުތަކުން އަންނަނީ ވިލުންތެރިކަމުގައި ނަމޫނާ ދައްކަމުންކަމަށާއި އެ ގައުމުތަކުން އަންނަނީ ނުގުޑާ ފަދަ އަޒުމާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހިތްވަރު ދައްކަމުން ކަމަށްވެސް ވިދާޅުވިއެވެ. ރައީސްވަނީ މޫސުމީ ކާރިސާތަކުން ރައްކައުތެރިވުމަށްޓަކައި މަސައްކަތްތައް މިހާރު ފެށުމަށް އެދިވަޑައިގެންފައެވެ. އަދި އާންމު އުސޫލުން ކަަންކަން ކޮށްގެން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބީ ނުލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ރައީސްވަނީ ދިވެހިރާއްޖެއިން އިސް ނަގައިގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވާ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް އިނިޝިއޭޓިވްގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެކަމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ބައިވެރިންނާއި ގުޅުވައިދީ ސިޑްސްގެ ގައުމުތަކާއި ސަރަހައްދީ ގައުމުތަކުގެ ގުޅުންތަކގެ އެހީގައި ގުދުރަތީ އުފެދުމުގައި ހުރި ހާއްސަ ކަމުގެ ބޭނުން ހިފައިނެގް ޖަޒީރާތަކަށް ނިސްބަތްވާ އެންމެންގެ ތަޖުރިބާގެ އެކެއް އަނެކަކާ ހިއްޞާކޮށް، އޭގެ އަލީގައި ތަރައްޤީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިޑްސްގެ ގައުމނުތަކުގެ ކުރިމަގު ރައްކައުތެރިކުރުމަށްޓަކައި އެފަދަ އިސްނެގުންތަކުގެ އަލީގައި ހާސިލުކުރެވިދާނެ ހައްލުތައް ދެނެގަނެ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމުގައި ލިބޭ ކުދި ކުރިއެރުންތަކަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ހަރުދަނާކުރުމުގައި އައު ތަޖުރިބާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އަޅުއްވާފައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: