ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ޔޫރަޕިއަން އިންވެސްޓުމެންޓު ބެންކުގެ ނައިބުރައީސް އާއި ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބެންކުގެ ނައިބުރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލް ބައްދަލުކުރައްވައިފިއެވެ.

4 ވަނަ ސިޑްސް ބައްދަލުވުމުގެ ހަވާސާގައި ރައީސް ކުރިއަށް ގެންދިޔަ ބައްދަލުވުންތަކާއި ގުޅޭގޮތުން އެމަނިކުފާނުގެ އޮފީހުންދަނީ މީޑީއާތަކަށް މައުލޫމާތު ދެމުންނދެވެ. އެމަނިކުފާނުވަނީ އދގެ ޖެނެރަލް ސެކްރެޓަރީ އާއިވެސް ބައްދަލުކުރައްވާފައިކަމަށްވާއިރު، ރައީސް އޮފީހުންވަނީ ޔޫރަޕިއަން އިންވެސްޓްމެންޓް ބެންކުގެ ނައިބު ރައީސް އެމްބްރޮއިސް ފަޔޮލް އާއިވެސް ބައްދަލުކުރައްވާފައިވާކަން ހާމަަކޮށްފައެވެ.

އެންޓީގާ އެންޑް ބާބިއުޑާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރައީސް މުއިއްޒުވަނީ އެ ބެންކުގެ ފަރާތުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގާއިމުވެ ޒަމާންތަކުގެ މަތިން ދެެމެހެއްޓިފައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންވެސް އެމަނިކުފާނުވަނީ އަރުއްވާފައެވެ.

ރައީސްގެ ވާހަކައިގައި އެމަނިކުފާނުވަނީ ރާއްޖޭގައި ކަނޑުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފެނުގެ ނިޒާމު ޤާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަދަ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި ބައްދަލުވުން ނިންމަވާލެއްވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގޭނެ ގޮތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ދުރާލާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެއްވުމަށްފަހުކަމަށްވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: