ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެންމެ އިތުބާރު ހިފޭ މަޖިލީހަށް ވުމަށް އުންމީދުކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދެއްކެވުން ---- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލީހަކީ މިހާތަނަށް ދެކުނު އެންމެ އިތުބާރުހިފޭ މަޖިލީހަށް ވެގެންދިއުމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާއިއެކު ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް މެމްބަރުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ވެރިކަމުގެ ހަޔާތުގައި މިހާތަނަށް ފެނިގެންދާ އެންމެ ޒިންމާދާރު މަޖިލީހަށް ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލިސް ވެގެންދިއުންކަމަށެވެ.

ރައީސް ވިދާޅުވީ، 20 ވަނަ މަޖިލީހަކީ މިހާތަނަށް ފެނުނު އެންމެ އިތުބާރު ހިފޭ ދައުރަށް ވެގެންދިއުމަށްވެސް އުންމީދުކުރައްވާކަމަށެވެ. އަދި މެމްބަރުން ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހެއް ފެނިގެންދިއުމަށްވެސް އެދޭކަމަށް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: