ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުގެ ރައީސް އައްޔަނުކުރި ވޯޓުގެ ނަތީޖާއިން ފެންނަނީ ތަފާތު ހިޔާލަށް ޖާގަ އޮތްކަން: ރިފާއު

މެމްބަރު ރިފާއު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެމްޑީޕީއިން ކަމެއް ހުށައަޅައިފި ނަމަ ވަގުތުން ބޭރުކޮށްލާނެކަމަށް މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު ރިފާއުވަނީ ޕީއެންސީގެ މެމްބަރުން ތިބި އަދަދާއި އެއްވަރަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް މަޖިލީޙުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުކުރުމަށް ވޯޓު ލިބިފައިނުވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ހުރިހާ މެމްބަރުން ވޯޓޫ ނުދިނުމަކީ ލީޑަރޝިޕުން ހައިރާންވާ ވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އާންމުންނާއި އިދިކޮޅު ފަރާތްތަކަށް އެކަން ބޮޑު ކަމެއްގެ ގޮތުަގައި ފެނިގެންދިޔަނަމަވެސް ޕީއެންސީއަށް އެކަމަކީ އެވަރުގެ ބޮޑު ކަމެއް ނޫންކަމަށް މެމްބަރު ސިފަކުރެއްވިއެވެ.

ރިފާއު ވިދާޅުވީ، އެއްވެސް ކަމެއްގައި 100 އިންސައްތަ ހިޔާލު އެއްގޮތް ނުކުރެވޭނެކަމަށެވެ. އަދި ހިޔާލު ތަފާތުވާ މީހުންނަށްވެސް އަޑު އިއްވުމަށް ފުރުސަތު ލިބެންޖެހޭކަމަށާއި ޕީއެންސީގެ ތެރޭގައި އޮންނަ ޑިމޮކްރެސީއަކީވެސް އެއީކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ކަންކަން އޮންނަނީ ހިޔާލު ތަފާތުވާ މީހުންނަށްވެސް އެ ހިޔާލުތައް ހިއްސާކުރުމަށް ފުރުސަތު ލިބިގެންދާ ގޮތަށްކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ރިފާއު ވިދާޅުވީ، ހިޔާލު ތަފާތުވުންތައް އަންނާނެ ހާލަތްތައް ހުންނާނެކަމަށެވެ. އެހެންނަމަވެސް އެ ހާލަތްތަކުގައިވެސް ޕީއެންސީއިން ފުރުސަތު ދޭކަން ވޯޓުގެ ނަތީޖާއިން ކިޔައިދޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: