ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫގައި ވައިގެ ބަނދަރެއް ގާއިމުކުރަން އިންވެސްޓަރުން ބޭނުން: މިނިސްޓަރު މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިލަންދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ގާއިމުކުރަން އިންވެސްޓަރުން ބޭނުންވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބުވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މަގޫދޫ އެއަރޕޯޓުގެ މަސައްކަތްތައް ސަރުކާރުން އެއްވެސް އިރެއްގައި ނުހުއްޓާކަމަށެވެ. އަދި އެކި ލެވެލްގައި އެ ކަމާއި ގުޅޭގޮތުން އެކި ވާހަކަތައް ދެކެވެމުންދިޔަނަމަވެސް ދެ ރަށެއްގައި ކުރެވެމުންދާ މަސައްކަތްތަކެއްކަމަށްވުމުންނާއި ސެންސިޓިވް ވުމުން ސަރުކާރުން މިހާތަނަށް މަސައްކަތްކުރަމުން އައިސްފައިވަނީ އެކަމުގެ ތެރެއަށް ނުވަދެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ނިލަންދޫގައި އެއަރޕޯޓު އެޅުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ކުރެވެމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ސިޔާސަތެއްގެ ދަށުން ކުރެމުންދާ މަސައްކަތްތަކެއް ކަމަށްވުމުން ގިނަ ވާހަކަތަކެއް އެކަމާއި ގުޅޭގޮތުން ދައްކަން ނެތްނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށާއި މަސައްކަތްތައް ރޭވިފައިވަނީ ސާފު ވިސްނުންތަކެއްގެ މަތިންކަމަށްވެސް ފާހަގަކުރެއްވިއެެވެ.

މިނިސްޓަރ ވިދާޅުވީ، ކައިރި ދެ ރަށެއްގައި އެއަޕޯޓު އެޅުމުން ގެއްލުންތަކެއް ވެގެން ނުދާކަމަށެވެ. އެގޮތުން މަގޫދޫ އެއަރޕޯޓު އެންމެ ބޮޑަށް ދިގު ކުރެވެންޏާވެސް ދިގު ކުރެވެނީ 1800 މީޓަރަށްކަމަށްވެސް މައުލޫމާތު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ފ އަތޮޅަކީ ބޭރު ބަޔަކު ވަރަށް ބޮަޑަށް ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދެއްކަމަށާއި މިހާރުވެސް ތަރައްގީތަކެއް ކުރުމަށް ބޮޑެތި އިންވެސްޓުމެންޓުތަކެއް ކޮށް ބައެއް ތަންތަން ވިއްކާލާފައިވާކަމަށްވެސް އަލިއެޅުއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެތަނުގައި ރިސޯޓުތަކެއް ހެދުމަށް އިންވެސްޓުކޮށްފައިވާއިރު، އެ ސަރަހައްދަށް ޑައިރެކްޓުކޮށް ފްލައިޓުތަކަށް ޖެއްސޭނެ ފެންވަރުގެ ވައިގެ ބަނދަރެއް ބޭނުންވާކަމަށް ޑިވެލޮޕްކުރާ ފަރާތްތަކުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ސަރަހައްދަށް ބޮޑެތި ފްލައިޓުތައް ޖެއްސޭނެ ވަރުގެ ރަންވޭއެއް ބޭނުންވާކަމަަށް ތަރައްގީކުރަމުންދާ ފަރާތްތަކުން ބުނެފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ މުއްތަލިބު ވިދާޅުވީ، އެވަރުގެ އެއަރޕޯޓެއް އެޅެން އޮތީ ނިލަންދޫ ފަޅުގައިކަމަށާއި އެއްގޮތަކީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓާލުމަށްފަހު ނިލަންދޫގައި އެޅުންކަމަށެވެ،. އެހެންނަމަވެސް އެކަމުގެ ސަބަބުން އެއް ބަޔަކަށް ހިދުމަތްތައް ނުލިބި 2 އަހަރު ވަރު ހޭދަވެގެންދާނެކަމަށާއި މަގޫދޫ އެއަރޕޯޓުގެ މަސައްކަތްތައް ވަނީ 75 އިންސައްތަ ނިމިފައިކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މަސައްކަތްތައް ހުއްޓާލުމަކީ ރައްޔިތުންނާއި ކައިރީގައި ވާ ރިސޯޓުތަކަށްވެސް ފައިދާ ހުރި ގޮތެއް ނޫންކަމަށާއި ބޮޑެތި ހަރަދުތަކެއް ކުރެވިފައިވާނަމަވެސް މުސްތަގުބަލުގައި އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ބޭނުންވާތީއާއި އެކަމަކީ އިންވެސްޓަަރުންވެސް އެދޭކަމަށްވާތީ ކައިރި ކައިރީގައި ދެ އެއަރޕޯޓު އޮތުމުން އެކަމުން ސީދާ ގެއްލުންތަކެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއް އެއަރޕޯޓުގެ މަސައްކަތްތައް ހުރީ ވަރަށް ބޮޑަށް ނިމިފައިވާކަމަށެވެ. އަދި މަގޫދޫގައި މިހާރު ބިނާކުރަމުންދާ އެއަރޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ނިލަންދޫގައި ގާއިމުކުރުމަށް ކަނޑައެޅެނު ވަސީލަތެއްކަމަށްވާއިރު އެ މަސައްކަތްތައް މިހާރު ނިމުމާއި ގާތުގައިހުރިއިރު ނިލަންދޫގައި އެއަޕޯޓެއް އެޅުމުން ފުށުއެރުންތަކެއް ހުރިކަމަށް ނުވަތަ ގެއްލުންތަކެއް ވާކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: