ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ ”ބީއެމްއެލް ވައު ކިޑްޒް ރަން“ ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.
ތިން އުމުރުފުރާއެއްގެ ޖުމްލަ 760 އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލެ ގައެވެ.
މިދުވުމުގެ އުމުރުފުރާތަކަކީ:
- 3 އަހަރާއި 5 އަހަރާ ދެމެދު
- 6 އަހަރާއި 8 އަހަރާ ދެމެދު
- 9 އަހަރާއި 11 އަހަރާ ދެމެދު
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބީއެމްއެލް އިން ބޭއްވި ހާއްސަ ހަރަކާތެކެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި އަށްވަނަ އަހަރެވެ.

