ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ”ބޭންކު ފަންޑަށް“ ހުށަހެޅުމުގެ ފުރުސަތު 10 ޖޫންއަށް ހަމަވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑް ”ބޭންކު ފަންޑަށް“ އެދި ހުށަހެޅުމުގެ ފުރުސަތު 10 ޖޫންއަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑު، ”ބޭންކު ފަންޑަށް“ ބަދަލުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މީގެ ދެ ހަފްތާ ކުރިންނެވެ. ބޭންކް ފަންޑަކީ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބީއެމްއެލްއިން ހިންގާ ފަންޑެކެވެ.

ބީއެމްއެލުން ބުނީ އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް ދެ ލައްކަ ރުފިޔާ ލިބިގެންދާނެ ކަމަށެވެ. ފަންޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެގޮތުން ތައުލީމާއި، ކުޅިވަރާއި، ތިމާވެށީގެ ދާއިރާގެ އިތުރުން މުޖްތަމައުއަށް ފައިދާ ކުރާނެ ކަންކަމަށް ފަންޑު ދޫކުރަން ވަނީ ނިންމައިފައެވެ. އަދި ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ސަސްޓެއިނަބަލް އަދި މުޖްތަަމައުއަށް ފައިދާ ކުރާ ކަމެއް ހިމެނޭ ގޮތަށް ކޮންމެ ދާއިރާއަކުން ފަސް ޕްރޮޖެކްޓު ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށެހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ޖަމިއްޔާ، ޖަމާއަތްތަކާއި ކުލަބުތަކަށް އެކަންޏެވެ. އެ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން 10 ގެ ރޭގަނޑު 11:00 އަށެވެ. އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހެޅޭނެއެވެ.

”ކޮމިއުނިޓީ ފަންޑު“އަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް އެންޖީއޯ، ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި ބާރުވެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: