ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުގެ މީހުން ރާއްޖެއިން ވަގުތުން ފޭބުމަށް އަންގައި، އެ ގައުމުގެ ޓްރެވެލް އެޑްވައިޒަރީއެއް!

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލެ، މަޖީދީ މަގުގައި ބޭއްވި ހިންގާލުމުގައި ގިނަ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމުގެ މަސައްކަތް ފެށިކަން ދިވެހި ސަރުކާރުން އިއުލާނު ކުރުމުން، މިވަގުތު ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވީހާވެސް އަވަހަށް ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލު އާންމެއް ހިންގަމުން ގެންދާ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައި އެކަން ހާމަކުރީ އިއްޔެ އެވެ. އެގޮތުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ތެރެއިން ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ.

މި ނިންމުމަށް ބޭރު ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައިވާއިރު، އިޒްރޭލުގެ އާންމުން ދަނީ ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައި ޕޯސްޓުތައް ކުރަމުންނެވެ. އަދި އެ ގައުމުގެ، މީޑިއާތަކުގައިވާ ގޮތުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި އެ ގައުމުގެ ބައެއް ތިބިނަމަ ވަގުތުން ފޭބުމަށް އަންގާފަ އެވެ. އަދި އެގޮތަށް އިލްތިމާސް ކުރަނީ، ދިމާވެދާނެކަމަށް ބެލެވޭ ނުރައްކާތެރި ހާލަތަކަށްކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ މީޑިއާއެއްގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް

އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން، ޑުއަލް ޕާސްޕޯޓު އޮތް މީހުން ވެސް ރާއްޖެ ނައުމަށް އަންގާފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އިޒްރޭލު ރައްޔިތުން އަންނަނީ، ރާޅާ އެޅުމަށެވެ. އަދި އެ ގައުމުން މިދިޔަ އަހަރު އައީ 10،966 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އޭގެ ކުރީއަހަރު އައީ 15،700 ފަތުރުވެރިންނެވެ.

މީގެއިތުރުން މި އަހަރުގެ މިހާތަނަށް އެ ގައުމުން، 500 އެއްހާ މީހުން އައިސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: