ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފިކަމަށް ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
މި އަހަރު ފެށިގެން 1 މެއި 2024 އާއި ހަމައަށް ޗައިނާއިން ރާއްޖޭ އައި ފަތުރުވެރިންގެ އަދަދު 101،202 ވަނީ އަރާފައެވެ.
މި މުއްދަތުގައި ރާއްޖެއަށް ޖުމްލަ 895،764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 11.3 ޕަސެންޓް ފަތުރުވެރިންނަކީ ޗައިނާ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން ނެވެ. އެއީ ޖުމްލަ 90،336 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10.2 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެއީ ޖުމްލަ 812،914 ފަތުރުވެރިންނެވެ.
އެކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބާލާއިރު:
އިނގިރޭސިވިލާތް: 85،208 ފަތުރުވެރިން
އިޓަލީ: 75،123 ފަތުރުވެރިން
ޖަރުމަނު: 72،462 ފަތުރުވެރިން
އިންޑިއާ: 53،852 ފަތުރުވެރިން
ފްރާންސް: 32،295 ފަތުރުވެރިން
އެމެރިކާ: 31،663 ފަތުރުވެރިން
ސްވިޒް ޒަލޭންޑް: 21،434 ފަތުރުވެރިން
ޕޮލެންޑް: 17،385 ފަތުރުވެރިން
މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 855 ގެސްޓްހައުސް އާއި 149 ސަފާރީ އުޅަނދާއި 15 ހޮޓާ އަދި މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،254 އެވެ. ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން, ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ އަލީބާބާގެ ޓްރެވެލް އޭޖެންސީ ފްލިގީ އާ މަޝްވަރާތަކެއްވެސް ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ރާއްޖެ އިޝްތިހާރު ކުރުމަށް ފަހުގެ ޓެކްނޮލޮޖީއާއި އީޖާދީ ސްޓްރެޓެޖީތައް ބޭނުން ކުރަން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

