ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގައި ކުންފުނިތަކުގެ އިސްވެރިންވި އިހުމާލުތަކަށް ސުވާލުކޮށް، މަޖިލީހުން މައްސަލަ ބަލަން ޖެހޭ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭން ޖެހޭ ހިދުމަތް ރަނގަޅަށް ނުދީ ހިޔާނާތަށް މަގުފަހިވާގޮތަށް އިހުމާލުތައްވެފައިވާތީ މަޖިލީހުގެ ކޮމިޓީތަކުން އެ މައްސަލަ ބެލުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ގޮވާލައި، މިއަދުގެ ޖަލްސާއަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. ސުޕަ މެޖޯރިޓީއެއް އޮތް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ބަލައިގެނެ ބަހުސް މަރުހަލާގައި އަޒާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ދަރަނި އެކަނި 4 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި ރަނގަޅު ހިދުމަތެއް ނުދެވި، މެއިންޓަނެންސް ބެލެހެއްޓިފައި ނެތުމުން މައްސަލަތައް ދިމާވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުކަމަށް އަޒާން ވިދާޅުވި އެވެ.

އިހުލާސްތެރިކަމެއް ނެތި ހިނގި ހިޔާނާތަށް މަގުފަހިވާ އަމަލުތަކުގެ ތެރެއިން، ކުންފުނީގެ ބަޖެޓު ބޭނުން ކުރީ ހިދުމަތް ދިނުމުގެ ބަދަލުގައި އެހެން ކަންތަކަށްކަމަށް އަޒާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ ފަސް އަހަރު އެއްވެސް މިންވަރަކަށް އައްޑޫގެ ފެނާއި ނަރުދަމާ މަރާމާތު ކުރެވިފައި ނެތްކަން ރައްޔިތުން ގަބޫލު ކުރާނެކަމަށެވެ. އެއާއި އެކު ނަރުދަމާގެ މަރާމާތު ހަވާލުކޮށްފައިވާ ބޭރުގެ ކުންފުންޏަށް ވެސް ފައިސާ ނުދައްކާތާ ދެ އަހަރުވެފައިވާކަމަށް އަޒާން ވިދާޅުވި އެވެ.

އައްޑޫއަށް ބަލާއިރު، ފެނާއި ނަރުދަމާ އެއްވެސް މިންވަރަކަށް މެއިންޓެއިނެންސް ބެލެހެއްޓިފައި ނުވޭ.. ނަރުދަމާގެ ނިޒާމު މެއިންޓެއިން ކުރަން ހަވާލުކޮށްފައި އޮންނަ ބޭރުގެ ކުންފުންޏަށް ފައިސާ ނުދައްކާތާ ދެ އަހަރު ވަނީ ވެފައި..

އަޒާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުންކަމަށާއި އެމަނިކުފާނުގެ ސަރުކާރުން މިހާރު ވަނީ އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޓުކޮށް މަރާމާތު ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ކަމަށެވެ. މި މަސައްކަތް ނިމިގެން ދިއުމާއި އެކު، އައްޑޫގެ ފެން ސްޓޯ ކުރުމުގެ ކެޕޭސިޓީ ދިހަ ގުނަ އިތުރުވެ ފެން އުފައްދާ ކެޕޭސިޓީ ހަތަރު ގުނަ އިތުރުވާނެކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރިޔަށްދައިރު، ވަގުތީ ހައްލެއް ގެނެސްދިނުމަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ދަނީ ކުރިޔަށްކަމަށެވެ. އަދި ފެން އިތުރަށް ރައްކާ ކުރެވޭނެ ގޮތް ވެސް ހޯދަމުންދާކަމަށް އަޒާން ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އެސްއޯއީތަކުން ރައްޔިތުންނަށް ދޭން ޖެހޭ އެތައް ހިދުމަތަކަށް އިހުމާލުވެފައިވާތީ، އަޒާން ވަނީ ކޮމިޓީތައް އެކުލަވާލެވުމާއި އެކު އެ ކުންފުނިތަކުގެ އޭރުގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް ގޮވާލާފަ އެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ބެލެވޭ ހާލަތެއްގައި، އެ ފިޔަވަޅު އަޅަން ވެސް އަޒާން ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށް ރަގަޅު ވާހަކައެއް، ރައްޔިތުންގެ ފައިސާ އަމިއްލަ ތަރިކަ މުދާ ކަމުގަ ދެކިގެން، ބޭނުންހައި ގޮތަކަށް ބަހާލައިގެން ކާލައިގެން ތިބި މީހުން ރައްޔިތުންނަށް އިގެންވެސް ޖެހޭނެ، ތަހުގީގުކޮށް ފިޔަވަޅުވެސް އަޅަން ޖެހޭނެ. އެއީކީ ސިޔާސީ މީހުނަށް ވީމަ ދޫދޭންޖެހޭނެ ސަބަބެއް ނޫން. އެހެން ނުހަދައިފިނަމަ ރައްޔިތުންގެ ހައްގަށް އަރައިގަންނަ މީހުން ދާނީ ދުވަހެއް ދުވަހަކަށް އިތުރުނަމުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: