ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއް: މިނިސްޓަރ ޝަހީމް

ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއް: މިނިސްޓަރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ “ އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއްކަމަށާއި އަދި އެބޭފުޅުންނަށް އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމީހުން ދިގު މުއްދަތަކަށް ތަހައްމަލް ކުރަމުން އެ ދަނީ އުނދަގޫ ޙާލަތެއް ކަމަށެވެ.

މީގެ އިތުރުން، ސިޑްސް ކޮންފަރެސްގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އަބަދުވެސް އޮންނާނީ ކުރީ ސަފުގައި ކަމަށާއި، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބި ކަމަށް ދިވެހި ސަރުކާރުންވެސް ދަނީ ބުނަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާތަކާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ވަކި ޖަމާއަތްތަކުން އަބަދުވެސް ފަލަސްތީނަަށް އެހީރެތިވެދެއެވެ.

އިސްރާއިލުން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓުން ވަނީ އިސްރާއީލު މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެއުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަނީ ޢިއުލާންކޮށްފައެވެ. އަދި އެ ކަމަށް ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ. ޔޫއެން ރިލީފް އެންޑް ވޯކްސް މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒިންގ ހަރަކާތްތަކެއް ހިންގަންވެސް ވަޒީރުންގެ މަޖިލީހުން ނިންމާފަައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: