ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުގައި އޮވެ އެމްޑީޕީން މައްސަލަތަކުގެ ވާހަކައެއް ނުދެއްކި، މިއަދު އިހުލާސްތެރިކަމަށް ސުވާލު އުފެދޭ: މުސްތަފާ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮވެ މައްސަލަތަކުގެ ވާހަކަ ނުދައްކައި މިއަދު މަޖިލީހަށް އެކި ކުއްލި މައްސަލަ ހުށަހަޅައިގެން އެމްޑީޕީން ބަހުސް ކުރަން މަސައްކަތް ކުރުމުން ސުވާލު އުފެދޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން މެއިންޓަނެންސް ނުބެލެހެއްޓުމުގެ ސަބަބުން އައްޑޫގެ ފެނުގެ ހިދުމަތް މެދުކެނޑިފައިވާކަމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. މައްސަލަ ހުށަހަޅުއްވައި އެނާ ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގައި އައްޑޫގެ ފެނުގެ ހިދުމަތް މެދުކެނޑިފައި ނުވާކަމަށާއި، މި ސަރުކާރުގެ ވެސް ފުރަތަމަ ހަތަރު މަހު ރަނގަޅު ހިދުމަތެއް ލިބުމަށް ފަހު މައްސަލަތައް ދިމާވާތާ ދެ މަސްވެފައިވާކަމަށެވެ. އެހެންކަމުން ޒިންމާ ނަގަން ޖެހޭނީ، އެމްޑީޕީއެއް ނޫންކަމަށާއި މިއީ މި ސަރުކާރުގެ އިހުމާލުކަމަށް ނާޒިލް ވިދާޅުވި އެވެ.

މައްސަލަ ބަލައިގަނެ، ބަހުސް މަރުހަލާއަށް ހުޅުވާލުމުން މުސްތަފާ ވިދާޅުވީ، ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މި ދައުރުގެ ބަދަލުގައި ނިމިދިޔަ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހަށް ހުށަހަޅައިގެން ބަލަންވީ މައްސަލައެއް ކަމަށެވެ. މެއިންޓަނެންސް ނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް މެދުކެނޑުނުއިރު، މުސްތަފާ ވިދާޅުވީ މިދިޔަ ދައުރުގައި އައްޑޫގެ ހުރިހާ ދާއިރާއެއް ވެސް ތަމްސީލު ކުރަމުން ދިޔައީ އެމްޑީޕީކަމަށެވެ.

މަޖިލީހުގެ އައު ދައުރެއް ފެށި، އެންމެ ފުރަތަމަ ދުވަހު ވެސް އިދިކޮޅު ޕާޓީގެ މެމްބަރުންގެ ފަރާތުން މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުމުން އެކަމާ ހައިރާންވެ، ސުވާލު އުފެދޭކަމަށް މުސްތަފާ ވިދާޅުވި އެވެ. އެހެންކަމުން ވަކި ބަޔަކު ސިޔާސީ ބޭނުމެއްގައި، އެހެން މަގްސަދެއް އޮތުމުގެ ސަބަބުން ކުއްލި މައްސަލައެއް ހުށަހެޅުމުން އެ ބޭރު ކުރުމުގެ ބަދަލުގައި ނަމޫނާ މަޖިލީހަކަށް ވާނެކަމަށް ބުނި ބަހުގައި ހިފަހައްޓައި އެއަށް ވޯޓު ދިނީކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ނާޒިލް ކުއްލި މައްސަލައެއް ހުށަހެޅުމުން ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުން ވޯޓު ދިނީ އެއީ ކުއްލި މައްސަލައަކަށްވުމުން ނޫންކަމަށާއި އެބޭފުޅުން ވެސް ބޭނުންވީ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތެއްގެ ވާހަކަ ސާފުކޮށްދޭން ކަމަށެވެ. އަދި އެމްޑީޕީގެ ބޮޑު މެޖޯރިޓިއެއް އޮތް އިރު ވެސް ފެނުގެ މައްސަލައިގެ ވާހަކަ ނުދައްކައި، މިއަދު  އެ މެމްބަރުން ބަހުސް ކުރުމުގެ ބޭނުމެއް ނެތްކަމަށް މުސްތަފާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި މައްސަލަ ބަލައިގަތީ އެއްގޮތަކަށް ވެސް ކުއްލި މައްސަލައަކަށްވީމައެއް ނޫން… އަޅުގަނޑުމެން މި މައްސަލަ ބަލައިގަތީ، ރައްޔިތުންނަށް ދިމާވެފައިވާ ހާލަތެއްގެ ވާހަކަ މިތަނުގައި ދައްކަން ޖެހޭތީވެ، އަޅުގަނޑުމެން މި މައްސަލަ ބަލައިގަތީ ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކޮންމެ މިފަދަ ވޭންދެނިވިކަމެއްގައި، މަޖިލިސް ތައްޔާރަށް އޮތްކަން ދައްކައިދޭންވެގެން.. އަދި އެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށްޓަކައި.. މެޖޯރިޓީ އޮއްވައި އެ ވާހަކަ ނުދައްކައި، މިއަދު މި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް..

މުސްތަފާ ވިދާޅުވީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރާނީ މި ސަރުކާރުންކަމަށާއި، މަސައްކަތް ނިމުމާއި އެކު ރައްޔިތުން މިދިޔަ ދުވަސްތަކުގައި އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި އައްޑޫގައި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މިންވަރަށް ފެން ރައްކާ ކުރެވޭނެ ނިޒާމެއް ވެސް ގާއިމު ކުރެވޭނެކަމަށް މުސްތަފާ ވިދާޅުވި އެވެ.

އައްޑޫގެ ރައްޔިތުން ހިމެނޭހެން، މުޅި މި ރާއްޖޭގެ އިތުބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެބައޮތްކަމަށާއި ރައްޔިތުން އެމަނިކުފާނަށް ބޮޑު އަޣުލަބިއްޔަތެއް ދިނީ އެ އުންމީދުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: