ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ތެރަޕީ ޚިދުމަތުގެ މިންގަނޑު އެކުލަވާލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް 2 ދުވަހުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ރިހެބިލިޓޭޓިވް ތެރަޕީގެ މަސައްކަތްތައް ކުރައްވާ އެންމެހާ ފަރާތްތަކާއިއެކު މޭ 31 އިން 1 ޖޫން އަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ ފެންވަރު ރަނގަޅު ކުރުމަށް އަދި އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މިންގަނޑުތައް އެކުލަވާލެވުމަށް ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި މިވަގުތު ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ. މި 5 ދާއިރާއަކީ ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއާރ ތެރަޕީ އަދި އާލީ އިންޓަވެންޝަނެވެ. މީގެ އިތުރުން ސައިކޮލޮޖިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ.
މިމަސައްކަތު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މަތީގައި ދެންނެވުނު 5 ދާއިރާގެ ތެރަޕީ ދިނުމުގައި ޤައުމީ ފެންވަރުގައި ބަލާނެ މިންގަނޑުތަކެއް ވަނީ އެކުލަވާލެވިފައެވެ. ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާއެވެ. އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތަކީ އެކަމަށް ނުހަނު ބޮޑު ބޭނުމެއް މިމުޖުތަމައުގައި އޮތް ކަމެކެވެ. އެހެންކަމުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގައި ޤައުމީ ފެންވަރުގެ މިންގަނޑުތަކެއް އެކުލަވާލެވުމަކީ ތެރަޕީތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ޙިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެން ދާނެކަމެކެވެ.

މި ކުރެވޭ މަސައްކަތުން ޙާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތްތަކާއި ގުޅޭ ތަފުސީލީ މިންގަނޑެއް އެކުލަވާލުން ކަމަށާއި އަދި އެއާއިއެކު ޚިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާނެރުވަނިވި ގޮތަކަށް ތެރަޕީ ޚިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: