ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެން ދިއުން މުހިންމު: މަޖިލިސް ރައީސް

އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެން ދިއުން މުހިންމު: މަޖިލިހުގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމުގައި ބޭނުންވާ އެންމެ މުހިންމު ބަދަލަކީ މުޖުތަމަޢުއަށް އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެން ދިއުންކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ”އައިޔޫއެމް ސަނާބިލް ޕްރޮޖެކްޓް“ ޞުކޫކުގައި ބައިވެރިވުމަށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމު ދިވެހި ޤައުމުގައި ބޭނުންވާ އެންމެ މުހިންމު ބަދަލަކީ މި މިޖުތަމައުއަށް އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ދަރިންތަކެއް ފެނިގެން ދިއުން ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީއަކީ ރާއްޖެއަށް އެންމެ މުހިންމު އެންމެ އަގުހުރި ޙިދުމަތް ކޮށްދެވޭނެ އެއް މުއައްސަސާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމްކުރުން އެއީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އަދި ތަނެއްގައި ހަމަޖެހުން  ޤާއިމްވާނީ އެތަނެއްގައި އުޅޭ ބައެއްގެ އަޙްލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން ކަމަށް ވަނީ ވިދާޅުވެފައެވެ. ތަނެއްގައި ސުލްޙަވެރިކަމާއި، އަމާކަން އަދި އަދުލުވެރިކަންވެސް ޤާއިމުކުރެވޭނީ ރަނގަޅު އަޙްލާގެއްގެ މަތީގައި ދެމިތިބެވިގެން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގައި ދިވެހިން ބޭނުންވާ ތަރައްގީ އާއި ތަހުޒީބު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭ ތަނެއް ކަމަށާއި އިސްލާމީ ތަޢުލީމު ފަސޭހަކަމާއި އެކީގައި ފޯރުކޮށްދިނުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި ގުޅުންހުރި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ފުރަތަމަ ކަމަކަށް އެކަށީގެންވާ ވަރުގެ މާލީ ތަނަވަސްކަމެއް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖާގައިގެ ފަސޭހަކަން އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެކަންކަން ހޯދުމަށް ބަލާއިރު އަމިއްލަ ފައި މައްޗަށް ތެދުވުމަކީ، އެ މުއައްސަސާއެއް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.

“ އަމިއްލަ ފައި މައްޗަށް މުއައްސަސާއެއް ތެދުވެ، އަމިއްލަ ހިންދެމިލުމުން ހިންދެމިލިމަ އެ ލިބޭ ހިންހަމަޖެހުން އެތަނެއްގެ ވެރިންނަކަށް ވެރިންނަށްވެސް އަދި އެތަނެއްގައި ޙިދުމަތްކުރާ މުވައްޒަފުންއަށްވެސް އަދި އެތަނަކުން ހިދުމަތް ލިބިގައްނަ ނުވަތަ އެތަނުން ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަކަށްވެސް އެއަށްވުރެން ބޮޑު ހިތްހަމަޖެހުމެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން “ އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރެވިގެން ދިޔަ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އެޅިގެންދާ އިމާރާތްވެގެންދާނީ، ޖާގައިގެ ދަތިކަމަށް ލުއިތަކެއް ލިބިގެންދާނެ މަގެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: