ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަލާސީން ސްކޮލަޝިޕްގެ ދަށުން ކުދިން ތަމްރީނު ކުރަމުން ގެންދަން: މޯލްޑިވްސް ސްޓޭޓް ޝިޕިންގ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދެއްވާ ކަމަށާއި ކަލާސީން ސްކޮލަޝިޕް ގެ ދަށުން ކުދިން ތަމްރީނު ކުރަމުން ގެންދާ ކަމަށް ސްޓޭޓް ޝިޕިންގ ގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސްޓޭޓް ޝިޕިންގ ގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ އެންމެ އިސްކަމެއް ދެނީ ދިވެހި ކުރޫ އިން ލައިގެން މަސައްކަތް ކުރުމަށްކަމަށެވެ. އެހެންނަމަވެސް ދިވެހިން ނުލިބޭ ހާލަތުގައި ބޭރު މީހުން ލައިގެން ވެސް ހިދުމަތްތައްކަށް ބުރޫ ނާރާ ކުރިއަށް ގެންދަން ޖެހޭ ކަަމަށް ފާހަގަކުރެއްވިއެވެ. އެމްޑީ ވިދާޅުވީ މިހާރުވެސް 2 ކުއްޖަކު ސްކޮލަޝިޕްގެ ދަށުން ކިޔަވަމުން ދާކަމަށާއި އެއީ މެރިން އިންޖިނިއަރިން އަދި ނެވިގޭޝަން އިން ކަމަށެވެ.

އެމްޑީ ވިދާޅުވީ ކުދިން ތަމްރީނު ކުރުމަށް އެކި ކޯސްތައް ކުރިއަށް ގެންދިއުމަށް ޔުނިވާސިޓީއާއި އެކުވެސް ވާހަކަ ދައްކަމުން ގެންދަވާ ކަމަށެވެ. ދާއިރާގައި ކުންފުނިން ބޭނުންވާ ގޮތަށް ބައެއްބަދަލުތަށް ގެންނެސް ކޯސްތައް ފަރުމާކޮށްގެން ގެނައުމަށް މަޝްވަރާ ކުރައްވާ ކަމަށް ވިދާޅުވިއެވެ

މީގެ އިތުރަށް އެމްޑީ ވިދާޅުވީ މުދާ އުފުލުމުގައި އެކި ކަންކަން ކުރާ ކަމަށާއި ބޭރުގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަގޮތަށް މަސައްކަތް ކުރާ ކަމަށެވެ. އެމްއެސްއެސް އިން ދޭ އެއް ހިދުމަތަކީ ފީޑަރ ސާވިސް ކަމަށާއި އެއީ އަމިއްލަ ބޯޓުގައި މުދާ އުފުލުން ކަމަށް ވިދާޅުވިއެވެ. އަދި މީގެއިތުރުން ދޭ އެހެން ހިދުމަތްތަކުގެ ތެރޭގައި އެން.ވީ.އޯ.ސީ.ސީ ހިމެނޭއިރު އެހެން ބޯޓު ފަހަރުގައިވެސް މުދާ އުފުލަމުން ދާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ފްރައިޓް ފޯވާޑިންގ އާއި ލައިނަރ ސާވިސް އާއި ޝިޕިންގް އެޖެންސީ ހިދުމަތާއި އަދި ޓްރާންސްޝިޕްމެންޓް ގެ ހިދުމަތްވެސް އެމްއެސްއެސް އިން ދޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. ޝިޕިންގް އެޖެންސީއަކާއި ގުޅުންހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ ހަރަދާއި އާމްދަނީ އެއްވަރު ކުންފުންޏަކަށް ހެދުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެމްއެސްއެސް ގެ ޗީފް ކޮމާޝިއަލް އޮފިސަރ ތާހާ މުހައްމަދު ވިދާޅުވީ 2022 ވަނަ އަހަރުން ފެށިގެން ކުންފުންޏަކީ ބްރޭކް އީވެންވެފައި އަދި ފައިދާ ވެފައިވާ ކުންފުންޏެއް ކަމަށެވެ. ކުންފުނިންދޭ އެންމެ މައިގަނޑު އެއް ހިދުމަތަކީ ފީޑަރ ސާވިސް ކަމަށާއި އެއީ ކޮލަމްބޯ އާއި މާލެ އާއި ދެމެދު ޝޑިއުލް ދަތުރުތަކަކަށް ބޯޓު ދުވުން ކަމަށް ތާހާ ވިދާޅުވިއެވެ.

”މިވަގުތު މާލެއަށް ކޮލަމްބޯ މަގުން އެތެރެ ކުރެވޭ ގާތްގަނޑަކަށް 60 ކަށް އިންސައްތަ ގެންނަނީ އަޅުގަނޑުމެންގެ ބޯޓުގައި. ވިޔަފާރި ފުޅާ ކުރުމަށްޓަކައި އަޅުގަނޑުމެން އެހެންނިހެން ސެކްޓަރ ތަކަށް ފީޑަރ ސާވިސް އެކްސްޕޭންޑް ކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ. ދެން އަޅުގަނޑުމެން މި ބަލަނީ މިއަހަރު ތިންވަނަ ކުއާޓަރ ނުވަތަ ހަތަރުވަނަ ކުއާޓަރ ތެރޭގައި އިތުރު ސެކްޓަރ ތަކަށް އިތުރު ކުރެވިގެން ދާނެ ކަމަށް“

ތާހާ ވިދާޅުވީ ބޮޑަށް އެކްޕްލޯ ކުރަމުން ދަނީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ބަނދަރުތައް ކަމަށްވާ ފާ އީސްޓް ނުވަތަ ސައުތު އީސްޓު އޭޝިއާގެ ބަނދަރުތަކުން ކަމަށެވެ. އޭގެ ކޮންމެސް ހިސާބަކުން ނުވަތަ ރާއްޖެއިން ކޮލަމްބޯއަށް ސާވިސްއެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތާހާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: