ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީގެ މުގައްރިރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ނައިބް މުގައްރިރަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހަމަޖައްސައިފިއެވެ.
ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު ކަމަށް ޝުޖާއ،ު އާއި ނައިބް މުގައްރިރު ހުސައިން އިންތިހާބުކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޓީތަކުގެ ފުރަތަމަ ބައްދަލުވުމުގައެވެ. މި ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެ ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު ވަނީ ތާއީދު ކުރައްވާފައެވެ.
ދެ މެންބަރުން އެ މަގާމުތަކަށް އިންތިހާބު ކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވެ ތިއްބެވި 11 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެސްއޯއީ ކޮމިޓީގައި ތިއްބަވާ މެންބަރުން:
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު (މުގައްރިރު)
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (ނައިބް މުގައްރިރު)
- ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފް
- ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު
- ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ
- ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
- ގަމު ދާއިރާގެ މެންބަރު ޔޫފުފް ނަޝީދު
- މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 12 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 11 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.

