ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން އަދިވެސް އުޅެނީ ސަރުކާރު ހުއްޓުމަކަށް ގެންނަން: އިބްރާހިމް ހުސައިން

މެމްބަރު އިބްރާހިމް ހުސައިން: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން އަދިވެސް މަސައްކަތްކުރަމުންދަނީ ސަރުކާރާއި ރައްޔިތުންނާއި ދެމެދު މައްސަލަތައް އުފައްދައި ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ކަމަށް މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ހުސައިންވަނީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ޕީއެންސީގެ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންކަަށް އަލިއަޅުއްވާފައެވެ. އެގޮތުން ޕީއެންސީގެ މެޖޯރިޓީ އޮތްނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރާނެކަމަށާއި އްެ މަސައްކަތްތައް ކުރެވޭނެކަމާއިމެދު މެމްބަރުންނަށް އެއްވެސް ޝައްކެއް ނެތްކަމަށް ހާމަކުރެއްވިއެވެ. މެމްބަރު އިބްރާހިމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް ހޯއްދަވައިދެއްވުމަށްކަމަށާއި އެ ލަނޑުދަނޑިި ހާސިލުކުރެއްވުމުގެ ގޮތުން އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ އެންމެ އިސް ޒިންމާއަކީ ރައްޔިތުންނަށް މަންފާހުރި ކޮންމެ ގާނޫނެއް ރައީސް ހުށެއެޅުއްވުމުން އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތުގެ އިތުރުން ރައްޔިތުންނަށް އެކަމުގެ އެންމެ ފައިދާތައް ލިބިގެންދާނެ ގޮތަށް ފާސްކުރަމުން ގެންދިއުންކަމަށެވެ. މެމްބަރު އިބްރާހިމް ވިދާޅުވީ، އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ނޫންކަމަށާއި އެމްޑީޕީއިން އެގޮތަށް އަމަލުކުރަމުންދަނީ ސަރުކާރާއި ރައްޔިތުންނާއި ދެމެދު އަދި ރައީސް މުއިއްޒުއާއި ރައްޔިތުންނާއި ދެމެދު ފިތުނަ އުފައްދައި ސަރުކާރު ހުއްޓުމަކަށް ގެނައުމުގެ މަގުސަދުގައިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް އެ މަގުސަދު ހާސިނުވާނެކަމަށާއި ޕީއެންސީގެ ސަރުކާރެއް ނަމަވެސް ކުންފުނިތައްވެސް ޖަވާބުދާރީކުރުވާނެކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުން ސަރުކާރުގެ މިނިސްޓްރީތައްވެސް ޖަވާބުދާރީ ކުރުވާނެކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސާބިތުކަމާއިއެކު ދެއްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: