ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކިތަންމެ ގިނަ ރަށަކަށް ވަޑައިގަތް ނަމަވެސް ރައްޔިތަކަށް ވީ ފާއިދާއެއް ނެތް: ޝިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ގިނަ ރަށަކަށް ވަޑައިގަތް ނަމަވެސް އެކަމުން ރައްޔިތަކަށް، ރަށަކަށް ވީ މަންފާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާއު ވިދާޅުވީ، މި ސަރުކާރު ފެންނަނީ އިސްރާފު ބޮޑު ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ރަށްރަށާއި އަދި ރައްޔިތުންގެ ހާލަތު ވަޒަންކުރުމަކީ ވެރިއެއްގެ ހައިސިއްޔަތުން ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް އެ ދަތުރުތަކުން ހާސިލްވީ ކޮންކަމެއްތޯ އެކަމާއި ޝިފާއު ވަނީ ސުވާލު އުފައްދަވާފައެވެ.

ޝިފާއު ވިދާޅުވީ ރަށްރަށުގެ ހާލަތު ދެނެގަނެ އެ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރި ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އަޑު އެހި ނަމަވެސް އޭގެން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.

”ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ އެއް އަހަރުގެ ބަޖެޓުން ނިންމަން އޮންނަ ކަމެއް ނޫން. ސްކޫލެއްގެ 4 ކުލާސްރޫމް އެޅުން ކަމުގައި ވީނަމަވެސް ގާތްގަނޑަކަށް 3 އަހަރު ނޫނީ 4 އަހަރުގެ ބަޖެޓަކުން އެކަން ކުރެވިދާނެ. މި ސަރުކާރަށް 3 އަހަރު ވެގެންދާއިރުގައިވެސް އަދިވެސް އުޅެނީ ކުރީ ސަރުކާރުން އަރައި ނުގަނެވިގެން،“

ޝިފާއު ވިދާޅުވީ 2024 ވަނަ އަހަރު ބަޖެޓުގައި ހަމަޖެއްސި އެއްވެސް ކަމެއް އިހަވަންދޫ ދާއިރާގެ އެއްވެސް ރަށެއްގައި ނުކުރާ ކަމަށެވެ. ނަމަވެސް ކަންކަން ކުރުމަށް ފައިސާ ވެސް ހަމަޖެހިފައި އޮތް ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ބަޖެޓެއް އެކުލަވައިލައި އެކަން މަޖިލީހުން ފާސް ކުރާއިރު، ދައުލަތަށް ފައިސާ ހޯދުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ހިލޭ އެހީއެއްވެސް ދޭނެ ގައުމެއް ނެތް ކަމަށެވެ. ޝިފާއު ވިދާޅުވީ ވެރިކަމާއި ހަވާލުވީއިރު ވެސް ކުރީ ސަރުކާރޭ ނުކިޔާނެ ކަމަށް އޭރު ޕީއެންސީން ބުނަމުން ގެންދިޔަ ނަމަވެސް، މިހާރު ފެންނަނީ ހުރިހާ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: