ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ ވާހަކަ ދެއްކިޔަސް، ހައްލު ނުވާނެކަމަށް ރައީސް ނުބުނޭ: މުފީދު

މެމްބަރު މުފީދު: ފޮޓޯ/ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ވާހަކަތައް ރައީސް ޑރ މުހައްމަދު މުއިއްޒު ދައްކަވަނީ ގައުމުގެ ހާލަތު އޮތް ގޮތް ރައްޔިތުނަށް ސާފުކޮށްދެއްވުުގެ ގޮތުންކަމަށާއި، އެހެންނަމަވެސް އެ ހާލަތުން އަރައިނުގަނެވޭނެކަމަށް ވިދާޅުވެފައިނުވާނެކަމަށް މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ ދަރަންޏާއިމެދު ވާހަކަދައްކަވަމުން މެމްބަރު މުފީދު ވިދާޅުވީ، އިންސާނުނަށް ގިނަ ގިނައިން ހަނދާންކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއްކަމަށެވެ. މުފީދު ވިދާޅުވީ، ރައީސް މުއިއްޒުއަށް ވެރިކަމާއި ހަވާލުވެވުނު ފަހުން ރާއްޖޭގެ ކަންކަން ބައްޓަންވެ ތަރުތީބުވެގެންދާ ގޮތުން މަސައްކަތްތައް ކުރެވިގެންދަނީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިންކަން އެނގޭކަމަށެވެ.

އެހެންކަމުން ރައީސް ދަރަނީގެ ވާހަކަތައް ދައްކަވަމުންދަނީ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި ހުރިކަން ހަނދާން ނެތިދާނެތީ އެކަންވެސް ހަނދުމަކޮށްލަދިނުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިން ބޭނުންވާ މަންޒިލަށް އެމަނިކުފާނަށް ގެންގޮސްނުދެއްވޭނެކަމަށް ރައީސް ވިދާޅުވެފައިނުވާނެކަމަށާއި އެފަދަ ވާހަކައެއް އެއްވެސް އިންޓަރވިއުއެއް އަދި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވިދާޅުވެފައިނުވާނެކަމަށް ފާހަގަކުރެއްވިއެވެ.

މުފީދު ވިދާޅުވީ، ދަރަނީގެ ވާހަކަތައް ހިއްސާކުރައްވަނީ ގައުމު އޮތް ހާލަތު ރައްޔިތުންނަށް ހާމަކުރެއްވުމުގެ ގޮތުންކަމަށެވެ. އަދި ވިދާޅުވަމުންދަނީ ދަރަނީގެ ސަބަބުން ފުރަތަމަ ދުވަހުން ފެށިގެން ދުއްވައި ނުގަނެވިދާނެ ވާހަކަ ކަމަށާއި، ރައީސް ވިދާޅުވަނީ ސަރުކާރުން އެ ހާލަތުން އަރައިގަތުމަށް މަސައްކަތްތަކުރާކަމުގެ އިތުރުން ރައްޔިތުންނަށް ގެއްލުންތަކެއް ވެގެންދާނެ ކަމަކަށް މަގުފަހިނުކުރާނެކަމުގެ ވާހަކަ ކަމަށެވެ. މުފީދު ވިދާޅުވީ، އެ މަނިކުފާނު ވިދާޅުވަމުންދަނީ މި ހާލަތުގައިވެސް ރައްޔިތުން ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގަންނަވާނެ ވާހަކަަ ކަމަށާއި އެމަނިކުފާނު ވިދާޅުވަމުންދަނީ އެކަން ކުރެއްވޭނެކަމާއި އެކަން ކުރުމުގެ ހިތްވަރުވެސް ހުރި ވާހަކަ ކަމަށް މުފީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ރައްޔިތުން ދެއްވި ވޯޓާއި، ހާއްސަ ގޮތެއްގައި މަޖިލިސް އިންތިހާބުގައި ދެއްވި ވޯޓަކީ އަމާނާތެއްގެ ގޮތުގައި ރައީސް މުއިއްޒު ދެކިވަޑައިގަންނަވާކަމަށް މުފީދު ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުން ހާޒިރުކުރައްވައިގެންވެސް އެ ވާހަކަ ދައްކަވާފައިވާކަމަށާއި ރައްޔިތުން އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރުކުރައްވާފައިކަމަށްވުމުން ރައްޔިތުން ބޭނުންވާ ތަރައްގީތައް ގެނެސްދިނުމަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާކަމަށް މުފީދު އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: