މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނިފައި ވާތީ ހުކުރު ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފި އެވެ.
ސައުދީއަށް ހައްޖު މަހުގެ ހަނދު ފެނިފައިވާކަން އެ ގައުމުގެ ހަރަމައިން މިރޭ ވަނީ އިއުލާނުކޮށްފައެވެ.
1445 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފާޅުވެފައިވުމާއިއެކު މާދަމާއިން ފެށިގެން އެ މަސް ފެށިގެންދާނެ އެވެ.
އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ މި މަހު 16 ވަނަ ދުވަހެވެ.

