ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން ހައި ކޯޓުގައި އެދެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި މުހައްމަދު މަފާޒް ހުސައިން ސަލީމް އެ މައްސަލަ ހައި ކޯޓުން ނިމެންދެން ބަންދުކުރަން ދައުލަތުން އެދިއްޖެއެވެ.

ޖުލައި، 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން، ހުކުމް ކުރީ 2022 އަހަރު ނޮވެމްބަރު މަހުއެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. ދެން ތިބި ތިން މީހުންނަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުރިން އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓަސް، މަފާޒް މިހާރު ބަންދުން މިނިވަންވެފައިވާތީ ނަދީމްގެ މަރުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން އެދޭ ކަމަށެވެ. އެއީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދައުލަތުން ބުންޏެވެ.

ނަދީމްގެ ވަކީލުން ވިދާޅުވީ ކުރީގެ މައްސަލާގައި އޭނާ ބަންދުން މިނިވަންވިތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި އަދި އެ މުއްދަތުގައި ކުށުގެ ރެކޯޑެއް އޭނާގެ ނެތް ކަމަށެވެ. ނަދީމްގެ މައްސަލާގައި ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރުވެސް އެތައް އަހަރެއް ވަންދެން މަފާޒް ބަންދުގައި ހުރި ކަމަށާއި އެހެންކަމުން އަނެއްކާވެސް އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަން ވަކީލުން ފާހަގަކުރެއްވިއެވެ. އޭނާ ދޫކޮށްލާފައި ބެލެހެއްޓިޔަސް، އެހެން މައްސަލައެއް ފެންމަތިވެއްޖެނަމަ އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

ފަސް އަހަރު ވަންދެން ބަންދުގައި ހުރުމަށްފަހު ކުށް ސާބިތު ނުވި މީހަކު ހައި ކޯޓުން އަލުން ބަންދު ކުރުމާ މެދު ދައުލަތުން ދެކޭ ގޮތެއް ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ފަސް އަހަރު ވަންދެން ބަންދުގައި ހުރުމަކީ އިސްތިއުނާފް މަރުހަލާގައި އަލުން ބަންދު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މަފާޒް ފަސް އަހަރު ވަންދެން ބަންދުގައި ހުރީ އެހެން ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ މަފާޒް ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: