ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީވާން އާއި ޝަހުޒާން ޖަލަށްލި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ސިއްރުކޮށްފި

ނޫސްވެރިޔާ ޝަހުޒާން އަދި ނޫސްވެރިޔާ ލީވާން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި އެ ދެ މީހުން ޖަލަށް ލާން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ލީވާން އާާއި ޝަހުޒާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ބަލަމުންދާ އިސްތިއުނާފީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:15 އަށެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލު އަމީން ފައިސަލް ”ސަންގަށް“ ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށެވެ. އަދި މިއަދު އޮތް އަޑުއެހުން އިދާރީ ސަބަބުތަކާ ހެދި ކެންސަލްކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދެ މީހުންގެ އަމަލުތަކަކީ އެ ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފްކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ހިލާފު އަމަލުތަކެއް ކަމަށެވެ.

ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް ކޯޓު އަމުރުގައިވެއެވެ. އެ އަމުރު ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ލީވާން ޖަލަށް ހުކުމްކޮށްފައި ވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ ހަބަރެއް އެ ނޫހުގައި ލިޔުމުންނެވެ. އަދި ޝަހުޒާން ޖަލަށް ހުކުމްކުރީ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީގައި ކުރި ތުހުމަތުތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒާ ސުވާލުކުރުމުންނެވެ.

ގެގް އޯޑަރާ ހިލާފުވި ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ނިންމީ ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކޮށް، 28،800 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށް ލައި 26،800 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: