ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ މަދުން ބާނާ މިންގަނޑެއް ކަނޑައަޅައި، މަސްވެރިންނަށް އެޑްވާންސް ފައިސާ ދޭން ރަނގަޅު!

މަސްވެރިންގެ މުޒާހަރާގެ ތެރޭގައި މިނިސްޓަރު ޝިޔާމް ހުންނެވި މަންޒަރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްކިރުމަށްފަހު ފައިސާ ނުލިބި ލަސްތަކެއް ވާ މައްސަލައެވެ. މަސްވެރިކަމަކީ ކޮވިޑްގެ ސަބަބުން ދިވެހިރާއްޖެ މާލީ އަނދަވަޅަކަށް ނުވެއްޓިދިއުމުގެ ފަހަތުގައިވާ ސިއްރުކަމަށްވާއިރު ރާއްޖޭގެ އެންމެ ޒަމާންވީ އެއް ސިނާއަތުގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުނުވެ އޮތުމާއިއެކު އިތުރު ސުވާލުތައްވެސް އުފެދިގެން އާދެއެވެ. މިވެރިންގެ ހައްގުތައް ކަށަވަރުނުވާނަމަ ބާކީ ތިބި ދާއިރާތަކުގައި މިކަން އޮތީ ކޮންގޮތަކަށް ތޯ ހިތަށް އަރައެވެ.

މިކަމަކީ ސަރުކާރުގެ މަސްކުންފުނި މިފްކޯގެވެސް ކަންބޮޑުވުމެއްކަަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ދާދި ފަހުން ހިއްސާކުރިގޮތުން މިހާރު ކަންކުރަމުންދާ އުސޫލުގެ ދަށުން މަސްކިރަމުންދާވަރަކަށް އަބަދުވެސް ކްރެޑިޓްގެ ގޮތުގައި ފައިސާތަކެއް ދޭންޖެހިފައިހުންނާނެއެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާކަމަށް ހިއްސާކޮށްފައިވެއެވެ.

ބާނާ މަހަށް ފައިސާ ލިބުން ފަދަ އަސާސީ ކަންކަން ދާއިރާގެ ތެރޭގައި ހަމަޖެހޭ އިންތިޒާމުތަކެއްގެ މަތިން ބައްޓަންކުރެވިފަައިނުވާއިރު އަދި ސިނާއަތުގައި މިހާރު ހަރަކާތްތެރިވަމުންދާ މީހުންގެ ހައްގުތައް ކަށަވަރުނުވާއިރު ދާއިރާ ފުޅާކުރުމުގެ ވާހަކަތައް އިވެމުންދާކަމުގެ ކަންބޮޑުވުންތައްވެސް މަސްވެރިންވަނީ މި ފަހުން ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގައި ފިޝަރީޒް މިނިސްޓަރު އަހުަމަދު ޝިޔާމް އާއި ހިއްސާކުރައްވާފައެވެ. އެގޮތުން ލޭނު މަސްވެރިކަމަށް ސަރުކާރުން ޖާގަ ދޭން އުޅޭކަމުގެ ވާހަކަތައް ޝިޔާމްވަނީ ދޮގުކުރައްވާފައެވެ.

މިއަދު ރާއްޖޭގެ މި ދާއިރާގައި މަސައްކަތްކުރަމުންދާ މީހުންގެ ހައްގުތައް ކަށަވަރުވެފައިވާނަމަ، ސިނާއަތުގައި އިތުރު މަސައްކަތްތައް ކުރިއެރުވުމާއިމެދު ނުރުހިގެން ނުތިބޭނެކަމަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން ހިއްސާކުރިއެވެ. އެހެންކަމުން މި މައްސަަލައިގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ހުރަސް އެޅިގެންދާކަމަށްވުމުން އަވަސް ހައްލުތަކެއް ގެނައުން މުހިންމެވެ.

ކްރެޑިޓްގެ ގޮތުގައި ފައިސާތަކެއް ހުރުމުގެ މައްސަލަ ހައްލުކުރަން ވަރަށް އާދައިގެ ވިސްނުމެއްގެ މަތިން އަމަލުކުރެވިދާނެއެވެ. މަސްވެރިންނަށް އެޑްވާންސްކޮށް އަދަދެއް ކަނޑައަޅައި ހަވާލުކުރަންވީއެވެ. މިގޮތަށް އިންތިޒާމުކުރުމުން ވަކި މިންގަނޑަކަށްވުރެ ދަށަށް ރާއްޖޭގައި މަސް ބަނާ އަދަދުތައް ދިއުން ހުއްޓުވުމަށް ފަހިވެގެންދާނެއިރު، މިފްކޯއަށްވެސް ކަތާ ވަރަށް މަސް ބޭނުމުގެ އަދަދުތައް ހިފެހެއްޓުމަށާއި ގެނެވޭ ތަރައްގީއާއިއެކު ކެޕެސިޓީ އިތުރުވާ މިންގަނޑާއި އެއްވަރަށް ބާނާ މަހުގެ އަދަދުތައް އިތުރުކުރުމަށްވެސް ކޮންޓްރޯލް ނިޒާމެއް ބިނާވެގެންދެއެވެ. މިކަމާއި ގުޅިގެން މަސްވެރިން ސަރުކާރާއިމެދު ނުރުހުންވެސް ނިމުމަކަށް އާދެއެވެ.

އެހިސާބުން ކިރުމުގެ ކުރިންވެސް ފައިސާ ހަވާލުކުރެވިފައިވާނެއިރު، ވަކި އަދަދަކަށްވުރެ ދަށް ނޫންކޮށް ބާނައިގެން ގެނެސް މަސްކިރާ ނިންމާލާފައި އަލުން ދަތުރު ފެށުމަށް މިސްރާބު ޖަހާ ދޯންނަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އެ އަދަދަށް ފައިސާ ދޫކޮށްލައި އިތުރު އެއްޗެއް ހުރިނަމަ އެ ފައިސާއާއިވެސް އެއްކޮށް ހަވާލުކޮށްލަންވީއެވެ. މިގޮތަށް އަމަލުކުރުމުން ދޯނިން އަނެއްކާވެސް މަސް ބޭނުމުގެ މަސައްކަތްތައް ކޮށް ނިންމައި ކިރުމާއި ހިސާބަށް ދާއިރު ފައިސާ ހުންނާނީ ޖަމާވެފައެވެ. މިއީ ކުރެވިދާނެ ކަމެއްކަން މީގެ ކުރިން ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭނެކަމަށް ބުނެ ކުރި މަސައްކަތްތަކުން ސާފުވެއެވެ.

މިކަން ކުރާނީ ކޮން ގޮތަކަށް ތޯ ބަލާއިރު، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޖެހެނީ ދަފްތަރުކުރަންށެވެ. ރެކޯޑުތަކަށް ބަލައި ދޯނިތަކުން މަސްކިރާފައިވާ އަދަދުތައް ދެނެގަނެވޭނެއިރު އެވަރެޖްކޮށް ހުރިހާ ދޯންޏަކުންވެސް އެންމެ މަދުން ކިރާ އަދަދު ދެނެގަނެ އެ މިންގަނޑަށް ރިއާޔަތްކޮށްވެސް މަޝްވަރާތަކުގެ މަތިން އެޑްވާންސް ފައިސާގެ އަދަދުތައް ކަނޑައެޅިދާނެއެވެ. އެހެންކަމުން މަސްކިރާއިރު އެއަށްވުރެ އިތުރުވާ އަދަދަށްވާ ފައިސާ މަސްވެރިންނަށް މަދު ދުވަސްތަކެއްގެ ތެރޭގައި ހަވާލުކޮށްލުމުން ދަތުރަށް ފުރުމުގައި ހުރެދާނެ މާލީ ދަތިކަމަކުންވެސް އަރައިގަތުމުގައި ލުއި ލިބިގެންދާނެއެވެ.

މިކަން ކުރެވޭނީ ދަފްތެރެއް އެކުލަވާލުމުުގެ އިތުރުން އެކަށީގެންވާ މިންގަނޑަކަށް މަސް ބާނަމުން އައިސްފައިވުމާއި މަސައްކަތުގެ ހިސްޓަރީ އަދި މާލީ މަސައްކަތްތައް ކުރަމުން އައިސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ޝަރުތުތަކެއްވެސް ކަނޑައަޅައިގެންކަމަށްވާއިރު އައު ފަރާތްތަކަށްވެސް މުއްދަތު ދީގެން އެ މިންގަނޑުތަކުގެ ތެރެއަށް ފެތިގެން މި އުސޫލުގެ ދަށުން މަންފާ ލިބިގަތުމަށް ފުރުސަތު ފަހިކޮށްދޭންޖެހޭނެއެވެ. މިއީ ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ދޯނިތަކުން އަމަލުކުރާކަން ކަށަވަރުކުރުމަށާއި ރާއްޖޭގައި މަސްވެރިކަން ވަކި ކޮލިޓީއެއްގައި ހިފެހެއްޓުމުގެ ގޮތުން ބިނާކުރަން މުހިންމު ކޮންޓްރޯލް ނިޒާމެކެވެ.

މިކަމުން މަސްވެރިންގެ ފައިސާ ދިނުމުގެ އިދާރީ މަސައްކަތްތަކުގައިވެސް ލުއިތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މިހާރު ފައިސާ ދޫކުރަނީ މަސް ގެނައުމުން ގުނާ ހިސާބުކޮށް ކަންކަންކުރުމަށްފަހުކަމަށްވުމުން މަސްވެރިންނަށް ފައިސާ ލިބޭއިރު އެތައް ލަސްތަކެއްވެއެވެ. އެހެންނަމަވެސް މިގޮތަށް އަމަލުކުރުމުން އެ ކަންބޮޑުވުން ނިމުމަކަށް އާދެއެވެ.

ޖެހޭނީ ސަރުކާރުން ކޮންމެ މަހަކުވެސް ހުރިހާ ދޯންްޏަކަށް އެއް ހަމައަކަށް ފައިސާ ދޫކޮށްލަންށެވެ. އަދި އަނެއް މަހުގެ އެޑްވާންސް ދޫކުރާއިރު ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރުވި މަހުގެ ފައިސާ ކޮޅު ހަމަޖެހިލައިގެން ދޫކޮށްލަން މިފްކޯއަށް ފުރުސަތު ލިބޭނެއިރު ފައިސާތައް ނުދެވި ލަސްވެގެންދިއުން ހުއްޓުމަކަށް އާދައެވެ. މިއީ މައްސަލަތައް ހައްލުކުރުމަށްޓަކައި އަމަލުކުރެވިދާނެ އުސޫލެއްކަަމަށްވުމުން ހިއްސާކޮށްލި އަހަރެންގެ ހިޔާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: