ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޕާސްޕޯޓު ބޭންކުރަން ނޫޅޭކަމަށް އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފި

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައިވާކަމަށް އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ މައްސަލައިގައި މީގެ ދުވަސްތަކެއް ކުރިން ދިވެހި ސަރުކާރުންވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ފަތުރުވެރިން އެތެރެވުން މަނާކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިކަމަށެވެ. އެހެންނަމަވެސް މިހާރު ސަރުކާރުންވަނީ އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެންމެހާ ފަރާތްތައް އެތެރެވުން ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައިކަމަށާއި ރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްވަނީ އެ މަސައްކަތްތަކުގެ ތެރެއިން ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް މީޑިއާތަކަށް ހިއްސާކުރައްވާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ރާއްޖެއިން ޕާސްޕޯޓު ބޭންކުރުމުގެ މަސައްކަތްތައް ސަސްޕެންޑުކޮށްފައިވާކަމަށް ބުނެ އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކުރަމުންދަނީ ދާދި ފަހުން އޭޖީ އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކަށް ރިއާޔަތްކޮށްކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން އޭނާ ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ސަރުކާރުގެ ސްޓޭންޑު ބަދަލުވެފައިނުވާނަމަވެސް ހައްލު ހޯދަންޖެހޭ މުހިންމުކަންކަން ހުރިކަމަށް އުޝާމް ވިދާޅުވިކަމަށް އިސްރާއީލުތެ ނޫހެއްކަމަށްވާ “ޔެދިއަތް އަރާނަތް” އިން ރިޕޯޓުކޮށްފައިވެއެވެ.

ނޫސްތަކުންވަނީ އަދި އެއްވެސް ވަރަކަށް އައު ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުން ނުދާކަމަށް އިޝާރާތްކޮށްފައެވެ. އަދި އެފަދަ އެއްވެސް މަސައްކަތެއް އެޖެންޑާގައި އޮތްކަމަށް ފެނިގެން ނުދާކަމަށްވެސް ބުނެފައިވާއިރު ސަރުކާރުންވަނީ މީގެ ކުރިން އިދިކޮޅުގެ މެމްބަރަކު ބިލެއް ހުށައަޅާފައިވާކަމަށް ފާހަގަކޮށް އެ ބިލު ކޮމިޓީ މަސައްކަތްތަކުގެ ތެރެއިން އިސްލާހުކުރާނެކަމަށް ހާމަކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: