ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެން ހިންދާ ނިޒާމުގެ ބައެއް ހޮޅިތައް ހުރީ ބެދިފައި: މޭޔަރ އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކަށް ސިމެންތި ފަދަ ތަކެތި އެކުލެވޭ ފެން ދޫކުރާކަމަށްވުމުން ފެން ހިނދާ ނިޒާމުގެ ހޮޅިތައް ބެދޭކަމަށާއި އެކަމުގެ ސަބަބުން ފެން ހިނދުމުގައި މައްސަލަތައް ކުރިމަތިވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި އަޑިގުނޑަންތަކުގެ ސަބަބުން ދަތިތައް ކުރިމަތިވުމުގެ ޝަކުވާތައް އެކި ފަރާތްތަކުން ކުރަމުންދާއިރު މާލެ ސިޓީ ކައުންސިލުންވަނީ މާލޭގައި ހާލަތު ގޯސްކޮށް ހުރި ބައެއް މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ފައްޓާފައެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރ އާޒިމް މީޑިއާތަކާއި ހިއްސާކުރެއްވި ގޮތުން އިއްޒުދީން މަގު ކުރިމަތީގައި އޮންނަ މަގު މަރާމާތު ކުރަމުންދަނީ ފެން ހިނދުން ލަސްވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށްކަމަށެވެ. މޭޔަރ ވިދާޅުވީ، މަސައްކަތްތައް ނިމުމުން ހިނގާ އުޅޭ މީހުންނަށާއި ސުކޫލު ކުދީންނަށް މަގުގެ ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ފެން ހެދޭ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށްވެސް ހާމަކުރެއްވިއެވެ.

ސަންގުއިންވަނީ މިކަމާއި ގުޅޭގޮތުން މޭޔާރ އާޒިމް އާއި އިތުރަށް ސުވާލުކޮށްފައެވެ. އާޒިމް ވިދާޅުވީ، މިވަގުތު މަރާމާތުތައް ކުރާ މަގުގައި ކުރެވެމުންދަނީ މަގު ރީލެވެލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، އަޑިވެފައި ހުރުމުން މަގު އަލުން އުސްކުރުމަށްފަހު ރީލެވެލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އާޒިމްވަނީ މާލޭގެ މަގުތަކުގައި ފެން ހިނދުން ލަސްވެފައިވާކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. މޭޔާރ ވިދާޅުވީ، މާލޭގެ މަގުތަކުން އެއްކޮށް ފެން ހިނދުމަށް އެވަރެޖްކޮށް 1 ގަޑިއިރު ނަގާކަމަށެވެ. އެހެންނަމަވެސް މިހާރު އެކަމަށް ހޭދަވާ ވަގުތު އިތުރުވެފައިވާކަމަށާއި، ސަބަބަކީ ކޮންކްރީޓް ފަދަ ތަކެތި އެކުލެވޭ ފެން މަގުތަކަށް ދޫކުރުމުގެ ސަބަބުން އެތަކެތި ކާނުތަކަށް އެޅި ފެން ހިނދާ ނިޒާމުގެ ހޮޅިތައް ބެދިފައިހުރުންކަން ހާމަކުރެއްވިއެވެ.

ބައެއް މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ނުކޮށް ހުރުމުގެ ސަބަބުންވެސް މި މައްސަލަ ގޯސްވެގެންދާކަމަށް ހިއްސާކުރެއްވިއެވެ. މޭޔާރ ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން ބައެއް ހޮޅިތައް ހުރީ ނުގުޅައިކަމަށާއި އެކަމުގެ ސަބަބުންވެސް ހިނދާ ނިޒާމުގެ ތެރެއިން ފެން ދައުރުވެގެންދިއުމުގައި މައްސަލަތައް ހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: