ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފަތުރަމުން ދަނީ މެންބަރު ފަލާހުގެ ފޮޓޯ ނޫންކަން ފުލުހުން ކަށަވަރުކޮށްދިން، ފަލާހުގެ އަބުރަށް އަރައިގަތުން ކުށްވެރިކުރަން”

"ހައުސް އޮފް ޕީ.އެން.ސީ" ހޮޅުވުމުގެ ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުގެ އަބުރަށް އަރައިގަނެ، ފިތުނަ އުފެއްދުމަށްޓަކައި ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ދާކަމަށް ބުނެ އެކަން އެ ޕާޓީން ކުށްވެރި ކޮށްފިއެވެ.

އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ ޕީއެންސީ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާޙާއި ގުޅޭ ގޮތުން ފަތުރަމުން ގެންދާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ އަދި ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު ފަލާޙު ނޫންކަން މީގެ ދެ އަހަރު ކުރިން ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ ފޮޓޯއާއެކު ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު އެންމެ ފުރަތަމަ ފަތުރާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުން ކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެނޫންވެސް އިތުރު ފަރާތްތަކުން އެ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެހެންކަމުން އެފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: