ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެމްބަރުންނަށް މިހާރު ބޭނުންހާ ވާހަކައެއް ނުދެއްކޭނެ، ޕާޓީން ވަކިކޮށްފާނެ: ފަލާހް

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް މިހާރު މަޖިލީހުގައި ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ކަމަށާއި ބޭނުންހާ ވާހަކައެއް ދައްކައިފިނަމަ ޕާޓީން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ މެމްބަރުންގެ މިނިވަންކަމާ މެދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ސުވާލު އުފައްދަވައިފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، މަޖިލީހުގައި މިހާރު އެމްޑީޕީގެ މެމްބަރުންނަށް ބޭނުންހާ ވާހަކައެއް ދެއްކުމުގެ އިހްތިޔާރު އަދި ހުއްދައެއް ނޯންނާނެ ކަމަށެވެ. އެމްޑީީޕީގެ ވަޓްސްއެޕް ގްރޫޕު ބަލާލުމުން އެކަން ސާފުވާނެ ކަމަށާއި ބޭނުންހާ ވާހަކައެއް ދައްކައިފިނަމަ ޕާޓީން ކަނޑާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ޕީއެންސީގެ މެމްބަރުންނަކީ ”ބޮޓުން“ ކަމަށް ސިފަކުރާއިރު، ބޮޓުންނަކީ ކޮން ބައެއްކަން ނޫސްތައް ބަލާލުމުން އެނގޭ ކަމަށް ފަލާހް ވިދާޅުވިއެވެ.

”ދެން މިތާ ތިބެފައި އަޅުގަނޑުމެންނަކީ ބޮޓުންނޭ ވިދާޅުވާ އިރުގައި ބޮޓުންނަކީ ކޮން ބައެއްކަން ނޫސްތައް ބަލާލީމަ އެބަ އެނގޭ އަޅުގަނޑުމެންނަށް. އެމްޑީޕީގެ ބައެއް މެމްބަރުންނަށް މިތާ ބައެއް ވާހަކަ ދެއްކުން މަނާވާނެ މިހާރު. ވާހަކަ ދައްކައިފިއްޔާ ޕާޓީން ކަނޑާލާނެ،“ ފަލާހް

ފަލާހް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންނަށް ދެއްކުން މަނާ އެއްވެސް ވާހަކައެއް ނެތް ކަމަށާއި ކޮންމެ ދުވަހަކު ގެއަށް ވަޑައިގަންނަވަނީ ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް ދައްކަވާފައި ކަމަށެވެ. ޕާޓީން، އަދި ސަރުކާރަކުން ވެސް ވަކި ގޮތަކަށް ކަން ކުރަން އޯޑަރެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވި ނަމަވެސް، އެއް މެމްބަރަކު އަނެއް މެމްބަރަކާ މުހާތަބުކުރާއިރު، ވަކި މެމްބަރުންނަކީ ބޮޓުން ކަމަށް އަދި ވަކި މެމްބަރުންނަކީ ވަކި ގޮތަކަށް ވާހަކަ ދެއްކުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް އެހެން ވިދާޅުވެފައިވާއިރު، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރާ ދެކޮަޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން މަސައްކަތްކުރުމަކީ ގެއްލުންހުރި ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕުގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، އެ މަޝްރޫއާ ގުޅިގެން އެ އެމްޑީޕީން ދެކޭ ގޮތް ސާފު ކަމަށާއި ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދެއްކި މެމްބަރުން މީގެ ކުރިން ޕާޓީން ވަކިކޮށްފައި ހުރިކަން ވެސް ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: