ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ޔާމީން ފާޑުފާޑުގެ ވާހަކަ ދައްކަވަނީ ހިތުގައި ރައްޔިތުންނަށް އެއްވެސް ކުލުނެއް ނެތުމުން: ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުފާޑުގެ ވާހަކަތައް ދައްކަވަނީ ގައުމާއި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކުލުނެއް ނެތުމުންކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރ އަދި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވަނީ ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

އެކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ބޭކާރު ޕޮރޮޖެއްޓެއްކަމަށް ރައީސް ޔާމީން ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް އެއީ ދިވެހިރާއްޖޭގައި ދުވަހަކުވެސް ހިންގާފައިނުވާ ފަދަ ބިޔަބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބު ”ހަޖަމުނުވެގެން“ ކަމަށް ފަލާހު ވިދާޅުވިއެވެ.

”ތިއުޅެނީ ރައީސް މުއިއްޒުގެ ވެރިކަމުން މިގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށްވެސް ހަޖަމުނުވެގެން. ޔާމީނު މޭކަރާ ލޮލަށް ނިދި ނައިސްގެން ތިއުޅެނީ މިގައުމާއި ރައްޔިތުންނަށް ޔާމީނުގެ ހިތުގައި އެއްވެސް ކުލުނެއް ނެތީމަ. ތިކަހަލަ ގައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސް ވެސް ދުވާހިސާބަކަށް ނާދެވޭނެ. އިންޝާﷲ އަދި ތިރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއްނުވާނެ. އަމިއްލައަށް ވެރިކަންކުރިގޮތް ހަނދާންކޮށްލާފަ ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށައް ލައިގެން ނިދާލާ ދެން“ ފަލާހު

މީގެ އިތުރުން، ރައީސް ޔާމީނު ކިތަންމެ ވަރަކަށް އުޅުއްވިޔަސް ދެން ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ދިވެހި ގައުމުގެ އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، އެ ޣައިރުގާނޫނީ އެއްބަސްވުމަށް ކުރިމަގުގައި އެއްވެސް ވެރިކަމަކުން އަމަލުކުރަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: